ކ. މާލެ
|
24 މެއި 2022 | އަންގާރަ 08:56
 ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ޝުރުފާ މުހައްމަދު
މާލެއިން ކަރަންޓު ކެނޑުން
ކަރަންޓް ކެނޑުނީ ސްވިޗް ގިޔަރެއްގެ މައްސަލަ ޖެހިގެން: ޝަރީފް
ފީޑަރު 8 ގެ 9 ސަބް-ސްޓޭޝަން ހުންނާނެ
މިހާރު ބައެއް ހިސާބުތަކަށް ވަނީ ކަރަންޓު ލިބިފައި
ކަރަންޓު ކެނޑުނު ސީދާ ސަބަބު މިހާރު ވަނީ ދެނެގަނެވިފައި

މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސްވިޗް ގިޔަރެއްގެ މައްސަލަ ޖެހިގެންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ގޮސްފައިވާއިރު، މިހާރު ބައެއް ހިސާބުތަކަށް ވަނީ ކަރަންޓު ލިބިފައެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ ފަތިހުގެ ވަގުތެއްގައި 8 ފީޑަރުން ކަރަންޓު ދިޔަ ކަމަށެވެ. އޭރު ދިމާވި މައްސަލަ ޙައްލު ކުރުމަށްޓަކައި އެކި ފީޑަރަށް ކަރަންޓު ދެމުން ގޮސްފައިވާއިރު، ފީޑަރު 8 ފިޔަވައި ދެން ހުރި ހުރިހާ ފީޑަރަކަށް ކަރަންޓު ދިން ފަހުން މުޅި މާލެ ބްލެކްއައުޓަކަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ކަރަންޓް ކެނޑެން މެދުވެރިވި ސީދާ ސަބަބު މިހާރު ވަނީ ދެނެގަނެވިފައެވެ. އެގޮތުން 8 ވަނަ ފީޑަރުގެ ސްވިޗް ގިޔަރުގެ މައްސަލައެއް ޖެހުނީކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިހާރު އެ މައްސަލަ ޙައްލުކުރަމުންދާއިރު، އެ ސްވިޗް ގިޔަރުގެ ކޭބަލް އެހެން ގިޔަރަކާއި ގުޅުމުގެ މަސައްކަތް ސްޓެލްކޯއިން ވަނީ ކޮށްފައެވެ.

ޝަރީފް ވިދާޅުވީ، ފީޑަރު 8 ގެ 9 ސަބް-ސްޓޭޝަން ހުންނާނެ ކަމަށެވެ. ވުމާއެކު، އެ ތަންތަނަށް އެހެން ފީޑަރުތަކުން ކަރަންޓު ދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފީޑަރު 8 ފިޔަވައި އެހެން ހުރިހާ ފީޑަރަކަށް މިހާރު ވަނީ ކަރަންޓު ދެވިފައެވެ.

ފީޑަރު 8 އަށް ކަރަންޓު ދިނުމަށް އިތުރު ގަޑިއެއްހާއިރު ވާނެކަމަށް އަންގާރަ ދުވަހުގެ ހެނދުނު 08:20 ގައި ޝަރީފް ވިދާޅުވިއެވެ.

- ކޮމެންޓް