މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މައުލޫމާތުލިބޭގޮތުގައި މާލޭގެ ގިނަ ސަރަހައްދުތަކަކުން މިހާރު ވަނީ ކަރަންޓު ކެނޑިފައެވެ. މަޖީދީމަގުގެ ބޮޑު ބައެއްގައިވެސް ކަރަންޓު ނެތްކަމަށް މައުލޫމާތުލިބެއެވެ.