ކ. މާލެ
|
23 މެއި 2022 | ހޯމަ 21:31
ގަވަނަރ އަލީ ހާޝިމް
ގަވަނަރ އަލީ ހާޝިމް
ރައްޔިތުންގެ މަޖިލިސް
ގަވަނަރ އަލީ ހާޝިމް
ދައުލަތަށް ލިބޭ އާމްދަނީ ދަށްވާފަދަ ކަމެއް މިވަަގުތު ނުކުރުމަށް ގަވަނަރ އިލްތިމާސްކުރައްވައިފި
ގަވަނަރ ވިދާޅުވީ، ޔޫކްރޭން-ރަޝިއާ ހަމަނުޖެހުމުގެ ސަބަބުން މިދުވަސްވަރު އާމްދަނީ ދަށްވާނެ ކަމެއް ކުރުން ރަނގަޅު ނޫންކަމަށް
ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން އާމްދަނީއަށް ކުރާނެ އަސަރުގެ ފުރިހަމަ ދިރާސާއެއް ކުރަންޖެހޭކަމަށް ވިދާޅުވި

ދައުލަތުގެ އާމްދަނީ ދަށްވާނެފަދަ އެއްވެސް ކަމެއް މިވަގުތު ނުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރ އަލީ ހާޝިމް އިލްތިމާސްކުރައްވައިފިއެވެ.

ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ގަވަނަރ މިގޮތަށް އިލްތިމާސްކުރެއްވީ، ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގައި، ރިސޯޓު ބިމު ކުލި ކުޑަކުރަން ހުށަހަޅައިފައިވާތީއެވެ. އެއީ ދައުލަތަށް އާމްދަނީ ދަށްވާނެކަމެއް ކަމަށާއި، އެފަދަ ކަމެއް ކޮށްފިނަމަ އަވައްޓެރި ސްރީލަންކާއަށް ޖެހުނު ހާލަތު ރާއްޖެއަށް ޖެހިދާނެކަމަށް ވެސް ގަވަނަރ ވިދާޅުވިއެވެ.

ގަވަނަރ ވިދާޅުވީ ރަޝިއާއާ ޔޫކްރޭނާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ އަސަރު ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގުތިސާދަށް ވެސް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި ދަނޑިވަޅު އާމްދަނީ ދަށްވާނެ ކަމެއް ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫންކަން ގަވަނަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ގަވަނަރ ވިދާޅުވީ، އޭގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަތުވެދާނެ ބަދަލުތައް ތަފްސީލުކޮށް ބެލުން މުހިންމު ކަމަށެވެ. އަދި އެ ބަދަލުތައް ބެލުމަށް ޚާއްސަ އެނަލިސިސް އެއް ހެދުން މުހިންމު ކަމަށެވެ.

ސަރުކާރުން ޓޫރިޒަމް ގާނޫނު އިސްލާހުކޮށް ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ހުށަހަޅާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދުރު ރާސްތާގައި، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މަންފާ އިތުރުވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް