Advertisement
ކ. މާލެ
|
17 ޖުލައި 2024 | ބުދަ 12:14
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް
ރައީސް އޮފީސް
ގަވަރުނަރު ހާޝިމް ވަކިކުރުން
ގަވަރުނަރު ހާޝިމް ވަކި ކުރަން ރައީސަށް ލަފާދޭން ފާސްކޮށްފި
ދެން އޮންނާނީ މިކަމުގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުން
ވަކިކުރަން ފެންނަަކަމަށް ނިންމީ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާކަމަށް ބުނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެއީ ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާޤުންނެވެ. ދެން އޮންނާނީ މިކަމުގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމެވެ.

Advertisement

އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ވަޑައިގެންފައި ނުވި ނަމަވެސް ލިއުމުން މަޖިލީހަށް ޖަވާބުދާރީވެފައިވެއެވެ. އެގޮތުން ރާއްޖެއަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވީ ސަރުކާރަށް ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރުމުން ކަމަށާއި، އެ މައުލޫމާތުތައް ހިއްސާ ނުކޮށް އޮވެގެންނެއް ނޫންކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ.

އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ ދިނުމަށް މެމްބަރުން ނިންމާފައިވަނީ އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަމަށް ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް