ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 22:47
ކޯސްތައް ހިންގަން ހަވާލުކުރި ފަރާތްތައް
ކޯސްތައް ހިންގަން ހަވާލުކުރި ފަރާތްތައް
އިކޮނޮމިކް މިނިސްޓްރީ
ޑައިވިން ކޯސް ހިންގުން
އަޕްސްކިލިންގ އަދި ޓްރެއިނިން ޕްރޮގްރާމުގެ ޑައިވިން ކޯސްތައް ހިންގުމަށް ބަޔަކާ ހަވާލުކޮށްފި
 
މިއީ ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް

ކޮވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓޜް ޕްރޮޖެކްޓުގެ ދަށުން ހިންގަމުންދާ އަޕްސްކިލިންގ އަދި ޓްރެއިނިން ޕްރޮގްރާމުގެ ޑައިވިންގ ދާއިރާއާ ގުޅޭ ކޯސްތައް ހިންގުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މި ކޯސްތައް ހިންގުމަށް ހަވާލުކޮށްފައިވާ މީހުންނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެޕމަންޓް ނީޒާ އިމާދެެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރިއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަކީ މޫދު ބުޅާ ޑައިވް ސެންޓަރ، ވޯޓަރ ޕްރޫފް ސްޕޯޓްސް މޯލްޑިވްސް ޕވޓ ލޓޑ، އޯޝަން ޖަންކީސް، ޑައިވް ކްލަބް މޯލްޑިވްސް ޕވޓ ލޓޑ، ޑައިވަރސް ލޮޖް މޯލްޑިވްސް، ޑައިވް ޑެސްކް ޕވޓ ލޓޑ، ނައިފަރު ސްކޫބަރ ސެންޓަރ، ޕެޝަންސް ޕެރަޑައިވްސް ޕވޓ ލޓޑ، އޯޕަން ވޮރިއަރސް ޑައިވް އިންސްޓިޓިއުޓް އަދި ވިލާ ކޮލެޖް އެވެ.

މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ

  • އޯޕަން ވޯޓަރ ޑައިވް ކޯސް
  • އެޑްވާންސް އޯޕަން ވޯޓަރ ޑައިވް ކޯސް
  • އެމަރޖެންސީ ފަސްޓް ރެސްޕޮންސަރ ކޯސް
  • ރެސްކިއު ޑައިވަރ ކޯސް
  • ޑައިވް މާސްޓަރ ކޯސް
  • އެސިސްޓަންޓް އިންސްޓްރަކްޓަރ ކޯސް
  • އޯޕަން ވޯޓަރ އިންސްޓްރަކްޓަރ ކޯސް

އިކޮނޮމިކް މިނިސްޓްރީން ބުނީ އަޕްސްކިލިންގ އެންޑް ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދިނުން ކަމަށެވެ. އަދި އެމީހުންނަށް ވަޒީފާގެ ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމުގެ ދަށުން ޑައިވިން ދާއިރާގެ އިތުރުން އެކައުންޓިން ދާއިރާއިންވެސް ވަނީ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް