ކ. މާލެ
|
20 މެއި 2022 | ހުކުރު 21:22
ހަނިމާދޫގައި އިމާރާތް ކުރާ މިސްކިތް
ހަނިމާދޫގައި އިމާރާތް ކުރާ މިސްކިތް
އިސްލާމިކް މިނިސްޓްރީ
ހަނިމާދޫގައި އިމާރާތް ކުރާ މިސްކިތް
ހަނިމާދޫގައި އިމާރާތް ކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި
މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް

ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ އެގާރަ މިލިއަން ނުވަލައްކަ ހަހާސް އަށްސަތޭކަ އަށްޑިހަ އަށް ރުފިޔާ ސަތާރަ ލާރި އަށެވެ.

މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ 6 ފެބްރުއަރީ 2022ގައެވެ.

365 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަޝްރޫޢުގެ އެންމެ ފަހު ތާރީޚަކީ 06 މާޗް 2023 އެވެ.

- ކޮމެންޓް