ކ. މާލެ
|
20 މެއި 2022 | ހުކުރު 21:26
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
އަމްނާ އިމާދު
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ޕްރި ކޮލިފިކޭޝަން ފަށައިފި
މަޝްރޫމުގެ އަމަލީ މަސައްކަތް ފެށޭނީ މިއަހަރުގެ ފަހުކޮޅުގައި
ގަން އިންޓަރނޭނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި
މި މަޝްރޫއު ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރެވިގެންދާނެ

އައްޑޫ ސިޓީގެ ގަން އިންޓރނޭޝަނަލް އެއާރޕރޓް ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރިކޮލިފައި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަސައްކަތް ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ކަމަށެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަޝްރޫއު ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕަސިންޖަރ ޓަރމިނަލް ތަރައްގީކުރެވިގެންދާނެއެވެ. މީގެ އިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއް އިމާރާތްކުރެވިގެންދާނެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަސީލަތްތައް ތަރައްގީކުރެވިގެން ދިޔުމުގެ އިތުރުން އެއަރޕޯޓުގެ މަގުތައް ތަރައްގީކުރެވި ޕާރކިންގ ސަރަޙައްދެއްވެސް ތަރައްގީ ކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް އެއަރޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ތެރެއިން ކުރެވިގެންދާނެއެވެ.

ގަން އިންޓަރނޭނަލް އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނގެ ތަރައްގީއަށް ނުހަނު މުހިއްމު ކަމެކެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެކެވެ.

މި މަޝްރޫމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެއެވެ.

- ކޮމެންޓް