Advertisement
ކ. މާލެ
|
13 މެއި 2022 | ހުކުރު 11:26
އިންޑިއާ އައުޓް ބެނާ
އިންޑިއާ އައުޓް ބެނާ
ޓްވިޓަރ
އިންޑިއާ އައުޓް ލިޔުންތައް އަޅާ މައްސަލަ
"އިންޑިއާ އައުޓް" ލިޔުންތައް އަޅާ 4 މީހެއްގެ މައްސަލަ ބަލަނީ
4 މީހެއްގެ މައްސަލަ ބެލި ނަމަވެސް އެއްވެސް މީހަކު ހައްޔަރު ނުކުރޭ

"އިންޑިއާ އައުޓް" ޖަހައި މާލޭގެ އެކި ސަރަހައްދުތަކަށް ލިޔުންތައް އަޅަމުންގެންދާ 4 މީހެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބުނީ އެކި ސަރަހައްދުތަކަށް އެ ލިޔުންތައް އަޅާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މި ކަމުގައި ފާހަގަ ކުރެވުނު 4 މީހުންގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ނަމަވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބެނާ ހަރުކޮށް މަގުމައްޗަށް ލިޔުންތައް އެޅުމާއި މަގުމަތީގައި ސްޕްރޭ ކުރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އިދިކޮޅުން ކުރިއަށްގެންދާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް 2022 އޭޕްރިލް 21 ވަނީ ކަނޑައަޅައިފައެވެ.

Advertisement

އެކަމާ ގުޅިގެން ނެރުއްވި ގަރާރުގައި ރައީސް އިބްރާހިމް މުހައްމަދު ސލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ. އަދި ހަރަކާތަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެއްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން ހަރުކުރާ ބެނާތައް ފުލުހުން ނެގުމުން ތަފާތު ގޮތްތަކަށް އިންޑިއާގެ ނަން ބަދަލު ކޮށްގެން ބެނާތައް ހަރުކުރިއެވެ. ނުސީދާ އިބާރާތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގުމަށް ކުރަމުންދާ ކަންތައްތަކަކީ ކޯޓު އަމުރަށް ގޮން ޖެހުމުގެ އަމަލުތަކެއްކަމަށް ބެލެވޭނެކަމަށް ކްރިމިނަލް ކޯޓުން ވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް