ކ. މާލެ
|
10 މެއި 2022 | އަންގާރަ 17:36
ދީމާ އާއި ރަފާ
ދީމާ އާއި ރަފާ
ރާއްޖެއެމްވީ
ސައުތު އޭޝިޔަން ޖޫނިއަރ ޓީޓީ މުބާރާތް
ސެމީފައިނަލުގައި ބަލިވެ، ދެ ކެޓަގަރީންވެސް ރާއްޖެއަށް ލިބުނީ ލޯ މެޑަލް
ލަންކާ ޓީމުން މެޗު ކާމިޔާބުކުރީ 3-2 ގޭމުން

ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ޖޫނިއަރ ކެޑޭޓް ކެޓަގަރީގައިވެސް ސެމީފައިނަލުން ރާއްޖޭގެ އަންހެން ޓީމް ބަލިވެ, ލޯ މެޑަލްއިން ޓީމް އިވެންޓް ނިންމާލައިފިއެވެ.

ޖޫނިއަރ ކެޓަގަރީގެ ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރީ ސްރީ ލަންކާއާއެވެ. ފޯރިގަދަ މި މެޗު ލަންކާ ޓީމުން ކާމިޔާބުކުރީ 3-2 ގޭމުންނެވެ.

ފުރަތަމަ ގޭމުގައި ވާދަކުރީ ރާއްޖޭގެ ރަފާއާއި ލަންކާގެ ބިމާންދީއެވެ. މި ގޭމު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ބިމާންދީއެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 11-9، 13-11 އަދި 11-7 ންނެވެ.

ނަމަވެސް ދެވަނަ ގޭމުގައި ލަންކާގެ އައިލާއާއި ވާދަކޮށް ރާއްޖޭގެ ދީމާ ވަނީ 3-1 ސެޓުން ގޭމު ކަމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ނިމުނީ 11-8، 11-9، 9-11 އަދި 11-7 ންނެވެ. ލަންކާގެ އައިލާ މޮޅުވީ ތިންވަނަ ގޭމުން އެކަންޏެވެ.

ތިންވަނަ ގޭމުގައި ބައްދަލުކުރީ ރާއްޖޭގެ މިޝްކާ އާއި ލަންކާގެ މަނީޝާއެވެ. މި ގޭމު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މަނީޝާއެވެ.

އެކަމަކު ރާއްޖޭގެ ދީމާ ވަނީ ހަތަރުވަނަ ގޭމުގައި އަލުން ކުޅެންއަރާ ލަންކާގެ ބަމިންދާ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. ދީމާ ސެޓުތައް ކާމިޔާބުކުރީ 11-7،11-6 އަދި 11-7 ންނެވެ.

ރާއްޖެ ސެމީ ފައިނަލުން ބަލިވީ ފަހު ގޭމުގައި ސީދާ ތިން ސެޓުން ބަލިވެގެންނެވެ. މި މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ރަފާ އާއި ލަންކާގެ އައިލާއެވެ. ފޯރިގަދަ މި ސެޓުތައް ނިމުނީ 12-10، 11-9 އަދި 13-11 ންނެވެ.

ކެޑޭޓް ކެޓަގަރީގެ ސެމީފައިނަލްގައި ރާއްޖެ ބަލިވީ އިންޑިޔާ އަތުންނެވެ. ފުރަތަމަ ގޭމްގައި އިންޑިޔާގެ ޖެނިފާ އަތުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. ދެވަނަ ގޭމްގައި ހަންސިނީ އަތުން މިޝްކާ ބަލިވީ ސީދާ ތިން ސެޓުންނެވެ. ތިންވަނަ ގޭމްވެސް އިންޑިޔާއިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. ތިންވަނަ ގޭމްގައި ރާއްޖެއިން ޑަބަލްސްގައި ކުޅުނީ މިޝްކާއާއި މަލާކް ބިންތި މުއިއްޒުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް