ކ. މާލެ
|
11 މެއި 2022 | ބުދަ 17:47
ދީމާ ސިންގަލްސްއިން ލިބުނީ ރިހި މެޑަލް
ދީމާ ސިންގަލްސްއިން ލިބުނީ ރިހި މެޑަލް
ޓޭބަލް ޓެނިސް އެސޯސިއޭޝަން
ސައުތް އޭޝިޔަން ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް
ވާދަވެރި ކުޅުމަކަށްފަހު ފައިނަލްގައި ބަލިވެ، ދީމާއަށް ރިހި މެޑަލް
ފައިނަލްގައި ދީމާ ބަލިވީ 3-2 ސެޓުން

ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ކެޓަގަރީގެ ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު އިންޑިޔާގެ ޖެނީފާއާ ވާދަކޮށް ފާތިމަތު ދީމާ ބަލިވެއްޖެއެވެ. މިކެޓަގަރީން ދީމާއަށް ލިބުނީ ރިހި މެޑެއްޔެވެ.

ސެމީފައިނަލްގައި އިންޑިޔާގެ ސަންދިކާ ސީދާ ތިން ސެޓުން ބަލިކޮށް, ފައިނަލަށް ދަތުރުކުރި ދީމާ ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓް ދީމާ ފުރަތަމަ ހަތަރު ޕޮއިންޓް ހޯދާފައިވަނިކޮށް, އިންޑިޔާ ކުޅުންތެރިޔާ ސެޓް ގެންދިޔައީ 13-11 ނެވެ. މިސެޓްގައި އިންޑިޔާ ކުޅުންތެރިޔާ ފުރަތަމަ ލީޑް ހޯދީވެސް 10-11 ނެވެ.

ދެވަނަސެޓްގައި ދީމާ ހިތްވަރުކޮށް 4-11 ން ކާމިޔާބުކުރިއެވެ. އެކަމަކު ތިންވަނަ ސެޓް އިންޑިޔާ ކުޅުންތެރިޔާ ކާމިޔާބުކުރީވެސް ފަސޭހަކަމާއެކުއެވެ. އެއީ 11-5 ނެވެ. ވާދަވެރިވި ހަތަރުވަނަ ސެޓް ދީމާ ކާމިޔާބުކުރީ 13-11 ނެވެ. މިސެޓްގައި 9-5 ން އިންޑިޔާ ކުޅުންތެރިޔާ ލީޑްގައި ވަނިކޮށް ދީމާ 10-5 ން ކުރި ހޯދިއެވެ. ފަހުސެޓް މާބޮޑު އުނދަގޫކަމެއްނެތި އިންޑިޔާ ކުޅުންތެރިޔާ ގެންދިޔައީ 11-6 ނެވެ.

މުބާރާތުގެ ޖޫނިއަރ ކެޓަގަރީގެ ސެމީފައިނަލްގައި ދީމާ ބަލިވީ ސެމީފައިނަލުންނެވެ. އައިޝަތު ރަފާ ނާޒިމް ބަލިވީ ކްއާޓަރ ފައިނަލްގައި އިންޑިޔާ ކުޅުންތެރިއެއް އަތުންނެވެ. މުބާރާތުގެ ޓީމް އިވެންޓްގައި ރާއްޖޭގެ އަންހެން ޓީމް ވަނީ ކެޑޭޓް އަދި ޖޫނިއަރ ކެޓަގަރީންވެސް ލޯ މެޑަލް ހޯދާފައެވެ. އަދި އަންހެން ޑަބަލްސްގައިވެސް ރާއްޖޭގެ ޕެއަރ ލޯ މެޑަލް ހޯދިއެވެ. މުބާރާތުގައި ދެން ރާއްޖެއަށް ލިބުނީ އަންހެން ސިންގަލްސް ރިހި މެޑެއްޔެވެ.

- ކޮމެންޓް