ކ. މާލެ
|
1 މެއި 2022 | އާދީއްތަ 11:46
ޕިއްޒާ ބޯނާގެ އައު އައުޓްލެޓް ހުޅުވަނީ
ޕިއްޒާ ބޯނާގެ އައު އައުޓްލެޓް ހުޅުވަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ ފްލެޓުގައި ޕިއްޒާ ބޯނާގެ އައުޓްލެޓެއް
ހިޔާ ފްލެޓުގައި ޕިއްޒާ ބޯނާގެ އައުޓްލެޓެއް ހުޅުވައިފި
 
އެއީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އައުޓްލެޓެއް
 
އާ އައުޓްލެޓް ހުޅުވީ ހިޔާގެ 15ވަނަ ޓަވަރުގައި

ހިޔާ ފްލެޓުގައި ޕިއްޒާ ބޯނާގެ އައު އައުޓްލެޓެއް ރޭ ހުޅުވައިފިއެވެ.

އެ އައުޓްލެޓް ހުޅުވާފައިވަނީ ހިޔާގެ 15 ވަނަ ޓަވަރުގެ ތިރީގައެވެ. އެ އައުޓްލެޓް ހުޅުވުމަށް ރޭ ވަނީ ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.

ޕިއްޒާ ބޯނާއިން ބުނީ އާ އައުޓްލެޓަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އައުޓްލެޓެއް ކަމަށެވެ. އަދި މިއަދުން ފެށިގެން އެތަނުން ޚިދުމަތް ދޭން ފަށާއިރު ޓޭކްއަވޭތަކުން ޚާއްސަ ޑިސްކައުންޓުތަކެއް ދޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ޕިއްޒާ ބޯނާގެ އައު އައުޓްލެޓުގައި މީހުންތަކެއް - ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން

އެ ކުންފުނީގެ އެހެން އައުޓްލެޓުތަކާއި ހިޔާ ފްލެޓުގައި ހުޅުވި އައުޓްލެޓާ އަޅާބަލާއިރު އިންޓީރިއާ ވަނީ ތަފާތުކޮށްފައެވެ. އެގޮތުން، އެ އައުޓްލެޓް ތައްޔާރުކޮށްފައިވަނީ ޒަމާނީ ޕިއްޒާ ޖޮއިންޓުތައް ހުންނަ ގޮތަށެވެ.

ޕިއްޒާ ބޯނާގެ ހިޔާ ފްލެޓް އައުޓްލެޓުން އޯޑަރު ކުރަން ބޭނުންވާ މީހުންނަށް 3349779 އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ.

ޕިއްޒާ ބޯނާއިން އަންނަނީ މާލެއާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވެސް އައުޓްލެޓުތަކެއް ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް