ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 07:52
ޔޫރޯވިންގްސް އެއާރލައިންގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސާފައި
ޔޫރޯވިންގްސް އެއާރލައިންގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސާފައި
ވެލާނާ އެއާޕޯޓް
ޔޫރޯވިންގުގެ ދަތުރުތައް ފެށުން
ޔޫރޯވިންގްސް އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
ޔޫރޯވިންގްސް އެއާރލައިންގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސާފައި ވަނީ އާދިއްތަ ދުވަހު

ޔޫރޯވިންސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މި އެއާރލައިނުން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަންވިލާތުގެ ފްރެންކްފާޓު އިން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށެވެ.

ޖަރުމަންވިލާތަކީ މިހާރު ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އެ ޤައުމުން ރާއްޖެއަށް މިހާތަނަށް ވަނީ 47287 ފަތުރުވެރިން އައިސްފައެވެ.

ޔޫރޯވިންގު އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު އަންނަ މެއި މަހުގެ 14 އިން ފެށިގެން ރަޝިޔާގެ އެއިރޯފްލޮޓުގެ ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ ބުނެފައެވެ.

އެއިރޯފްލޮޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެއަށްވެސް ދަތުރުކުރާ އެއާލައިނެކެވެ.

އެއިރޯފްލޮޓުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލި ހިސާބުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ މަދުވަމުންނެވެ. މީގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުތަކުގެ ތެރެއިން ޓޮޕް މާކެޓުގެ ގޮތުގައި ރަޝިޔާ އޮތްއިރު، ރަޝިޔާއިން ފަތުރުވެރިން އައުން ހުއްޓުނު ހިސާބުން ޓޮޕް މާކެޓަށް އެރީ އިނގެރޭސިވިލާތެވެ.

އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާނެ ކަމުގެ ސިގުނަލް ވަނީ ލިބިފައެވެ. މިކަމާއި ގުޅިގެން އެމްއޭސީއެލްއިން "ރާއްޖެއެމްވީ" އަށް ވިދާޅުވީ އަންނަ މެއި މަހުގެ 14 އިން ފެށިގެން ރަޝިޔާގެ އެއިރޯފްލޮޓުގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވާކަމަށެވެ. އެދުވަހަށް ދަތުރުތައް ޝެޑިއުލްކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، މިއަހަރު ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވާ އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް