ކ. މާލެ
|
27 ޑިސެންބަރ 2021 | ހޯމަ 09:50
ރަޝިއާގެ އައު އެއަރލައިނެއްގެ ދަތުރުތައް ފެށުން
ރަޝިއާގެ އައު އެއަރލައިނެއްގެ ދަތުރުތައް ފެށުން
ވެލާނާ އެއާޕޯޓް
ނޯރޑްވިންޑް އެއަރގެ ދަތުރުތައް
ރަޝިއާގެ ނޯރޑްވިންޑް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފި
މިއަހަރުގެ މިހަތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ
މި އެއަރލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ

ރަޝިއާގެ ނޯރޑްވިންޑް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ. މިއީ ރަޝިއާއިން ސީދާ ރާއްޖެއަށް ދަތުރުކުރާ އެއަރލައިނެކެވެ. މި އެއަރލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިއާއަކީ 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ރަޝިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމާ ގުޅިގެން ރަޝިއާގެ އެއާލައިނެއް ކަމަށްވާ އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަރުތައް ވެސް އޮކްޓޫބަރު މަހުގެތެރޭގައި ވަނީ އިތުރު ކޮށްފައެވެ.

ކޮވިޑް-19އާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ފެށީ ހަފްތާއަކު ދެ ދަތުުރު ކުރާގޮތަށް ސެޕްޓެމްބަރު 11 ގައެވެ. އެހެންނަމަވެސް މިހާރު ހަފްތާއަކު ހަތަރު ދަތުރު މި އެއަރލައިނުން ވެސް ކުރެއެވެ.

ރަޝިއާއަކީ ކޯވިޑަށްފަހު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވަމުން އަންނަ ފާހަގަކޮށްލެވޭ މާކެޓެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 73081 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޢަދަދަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު، 177 އިންސައްތަ އިތުރު އަދަދެކެވެ.

ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި މިވަނީ އެ ގައުމުގައި ރާއްޖެ ޕްރޮމޯޓްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ މައި ކުންފުނި އެމްއެމްޕީއާރުސީން ވަނީ ރަޝިއާގައި ބޮޑެތި ކެމްޕެއިންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަލާއިރު، ލިސްޓުގެ އެއްވަނައިގައި އުޅެނީ އިންޑިއާއެވެ. 

- ކޮމެންޓް