ކ. މާލެ
|
25 އޮކްޓޯބަރ 2021 | ހޯމަ 13:29
ނިއޮސް އެއަރލައިންގެ ފްލައިޓެއް
ނިއޮސް އެއަރލައިންގެ ފްލައިޓެއް
ވެލާނާ އެއާޕޯޓް
ޓޫރިޒަމް
ނިއޮސް އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިިފި
 
ކޮންމެ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހަކު ދަތުރުތައް އޮންނާނެ
 
ނިއޮސް އެއާރގެ ދަތުރުތައް އަލުން ފެށީ ކޮވިޑަށް މެދުކަނޑާލުމަށްފަހު

ކޮވިޑްގެ ހާލަތާއެކު މެދުކަނޑާލުމަށްފަހު އިޓަލީގެ ނިއޮސް އެއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ނިއޮސް އެއާއިން ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާނީ ސީދާ އިޓަލީގެ މިލާން އާއި ރޯމް އިންނެވެ. ނިއޯސް އެއާރގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހުއެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ނިއޮސް އެއާރއިން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 350 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެވެ.

މީގެ ކުރިންވެސް ނިއޮސް އެއާއިން ރާއްޖެއަށް ދަތުރުތައް ކުރިއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާއެކު އެދަތުރުތައް އޭރު މެދުކަނޑާލީއެވެ. އިޓަލީއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަކަށް ވާއިރު، މި ދަތުރުތައް ފެށުމާއެކު އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 136،343 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެ އަހަރު ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިޓަލީންނެވެ. މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ލިސްޓުގެ ގަދަ 10 ގައި އިޓަލީ ނުހިމެނެއެވެ. އެހެންނަމަވެސް ނިއޮސްގެ ދަތުރުތަކާއެކު އިޓަލީން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު ހިއްސާއެއް އިޓަލީން އަދާކުރާނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
100%
ކޮމެންޓް