ކ. މާލެ
|
3 އޭޕްރިލް 2022 | އާދީއްތަ 13:29
ކިންގ ސަލްމާން މިސްކިތުގައި ނަމާދުކުރަނީ
ކިންގ ސަލްމާން މިސްކިތުގައި ނަމާދުކުރަނީ
އިސްލާމިކް މިނިސްޓްރީ
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް އަދި ސިޓީ ކައުންސިލާއި ހަވާލެއް ނުކުރޭ - މޭޔަރު މުޢިއްޒު
 
މިސްކިތް ސިޓީ ކައުންސިލާއި ހަވާލު ނުކުރާކަމަށް ބުނެ އާންމުންގެ ސުވާލުތަކަށް މުއިއްޒު ރައްދު ދެއްވީ ޓްވިޓާގައި
 
މިސްކިތް ހުޅުވުން ލަސްވީ ޑިޒައިން ކޮޕީކޮށްފައިވާތީ

ކިންގް ސަލްމާން މިސްކިތް އަދިވެސް މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތް އަދިވެސް މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރާކަމަށާއި، އެތަނުގައި ޕާކިން ޒޯނެއް ހެދުމަށް މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.

މި ކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށުމުން އެކަމާއި އުފާކުރައްވާ ކަމަށެވެ. އަދި އެ މިސްކިތް ހެދުމުގެ ޕްރޮޖެކްޓް ހިންގީ ހައުސިންގް މިނިސްޓްރީންކަމުން އެ މަޝްރޫޢު އެންމެ ލަސްވެގެން 2019 ވަނަ އަހަރުގެ ޖުލައި މަހުގައި ނިމެންޖެހޭނެކަން އެކަމުގައި އުޅުނު އެންމެންނަށް އެނގޭނެ ކަމަށެވެ.

ނަމަވެސް ކިންގް ސަލްމާން މިސްކިތުގެ ޑިޒައިންއަކީ ކޮޕީ ޑިޒައިނަކަށްވުމުން އެ މިސްކިތް ނުހުޅުވި ލަސްވެގެން ދިޔައެވެ. އަދި އެ މިސްކިތް ޑިޒައިން ކުރި ކުންފުނިން އެމައްސަލަ އާބިޓްރޭޝަނަށްވެސް ހުށަހެޅިއެވެ. މިސްކިތުގެ ޑިޒައިނަކީ މިހާރުގެ މޭޔަރު މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ހުއްދަދެއްވާ ފާސްކުރި ޑިޒައިނެކެވެ.

މޭޔަރު ވިދާޅުވީ މިސްކިތް ނިމުނުތާ 2 އަހަރުވެފައިވުމުން ރަސްމީކޮށް ނުހުޅުވުނު ނަމަވެސް ނަމާދުކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ނަމަވެސް މި އަހަރު މިސްކިތުގައި ވަގުތީ ގޮތުން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ އެތަކެއް މަސް ކުރިން ވަނީ ބުނެފައެވެ.

މުއިއްޒު ވިދާޅުވީ މިސްކިތަށްދާ ފަރާތްތަކަށް އެކަށީގެންވާ ޕާކިން އޭރިއާއެއް ހެދުމަށް ނިމިދިޔަ ވެރިކަމުގައި ޕްލޭން ހަދާފައިވާނެ ކަމަށާއި އެޕާކިން އޭރިއާ ރޯދައިގެ ކުރިން ހަދާ ނިންމުމަށް އެކަމަށް ހަމަޖެހިފައިވާ ބިން ކައުންސިލާއި ހަވާލުކުރުމަށް ވެސް އެދިވަޑައިގެންފައިވާނެކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެއްބާރުލުން ދީފައިނުވާކަމުގައި މޭޔަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް