ކ. މާލެ
|
17 މާރޗް 2022 | ބުރާސްފަތި 16:43
އޭސީސީގެ ރައީސް ކަމަށް އައްޔަން ކުރެވުނު ޝާމިލް (ވ) އަދި ނައިބްރައީސް ކަމަށް އައްޔަން ކުރެވުނު އަބްދުއް ސަލާމް (ކ)
އޭސީސީގެ ރައީސް ކަމަށް އައްޔަން ކުރެވުނު ޝާމިލް (ވ) އަދި ނައިބްރައީސް ކަމަށް އައްޔަން ކުރެވުނު އަބްދުއް ސަލާމް (ކ)
އޭސީސީ
އޭސީސީގެ މެންބަރުން އައްޔަން ކުރުން
އޭސީސީގެ ރައީސްގެ މަޤާމަށް އާދަމް ޝާމިލް އަދި ނާއިބުރައީސްގެ މަޤާމަށް ޢަބްދުއްސަލާމް ޢައްޔަންކޮށްފި
އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު 5 މެންބަރަކު ބުރާސްފަތި ދުވަހު ވަނީ ޢައްޔަންކުރައްވާފައި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއްސަލާމް ޢައްޔަންކުރައްވައިފިއެވެ.

ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމަށް އަލްއުސްތާޛު ޢަބްދުއް ސަލާމް ޢައްޔަންކުރައްވާފައި މިވަނީ، ކޮމިޝަނުގެ ރައީސް އަދި ނާއިބުރައީސްގެ މަޤާމަށް މީހަކު ޢައްޔަނުކުރުމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ކޮމިޝަނުގެ މެމްބަރުންގެ ޖަލްސާގައި، މެމްބަރުންގެ އިއްތިފާގުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނަށް އައު 5 މެންބަރަކު ބުރާސްފަތި ދުވަހު ވަނީ ޢައްޔަންކުރައްވާފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ބޭފުޅުންނަކީ؛

އަލްއުސްތާޛު އާދަމް ޝާމިލް ރަތްވިލާގެ، ތ. ވިލުފުށި

އަލްއުސްތާޛު ޢަބްދުއްސަލާމް ހަވާ، ށ. ނަރުދޫ

އަލްއުސްތާޛު ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ. މާމިގިލި

އަލްފާޟިލާ ޝަޒްނާ ހާޝިމް ރިހިވިލު، ހދ. ނޮޅިވަރަންފަރު

އަލްއުސްތާޛާ ޝިޔާމާ މުޙައްމަދު ނާރެސް، ރ. ހުޅުދުއްފާރުއެވެ.

އޭސީސީގެ ރައީސްކަމަށް އައްޔަން ކުރެއްވި އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލު ކުރައްވާފައެވެ.

ނައިބްރައީސް ކަމަށް އައްޔަން ކުރެއްވި ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އަލްއުސްތާޛު ޢަބްދުއްސަލާމް ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.


Advertisement
- ކޮމެންޓް