ކ. މާލެ
|
15 މާރޗް 2022 | އަންގާރަ 14:47
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއު
ކްރިމިނަލް ކޯޓް- ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއު
ރާއްޖެއެމްވީ
ވައްކަމުގެ މައްސަލަތައް
ޖުވެނައިލް ކޯޓު އަނބުގަހުން ވަގަށް 72 އަނބު ބިން މީހަކު 4 މަހަށް ޖަލަށް
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއު
އޭނާ 4 މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވޭ
އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ އަވަސްނިޔާގެ އަޑުއެހުމެއް ބޭއްވި

ޖުވެނައިލް ކޯޓު އަނބުގަހުން ވަގަށް 72 އަނބު ބިން މީހަކު 4 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ވައްކަމުގެ ދައުވާ އުުފުލާފައިވަނީ ޏ. ފުވައްމުލަކު މިސްކިތްމަގު/ކެލާގެ އަހުމަދު ސާލިހުގެ މައްޗަށެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ, އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، އޭނާ 4 މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

މިއީ 30 ސެޕްޓެމްބަރު 2021ގައި ހިނގައިދިޔަ ކަމެކެވެ. އެގޮތުން ދައުވާގައި ބުނެފައިވާ ގޮތުން, އޭނާ ވަނީ ޖުވެނައިލް ކޯޓު ގޯތި ތެރޭގައި ހުރި އަނބުގަހުން 72 އަނބު ވަގަށް ބިނދެފައެވެ. މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ފުރަތަމަ ދައުވާއަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި ޖަވާބުދާރީ އޭނާ ވެފައެއް ނުވެއެވެ. އެހެންކަމުން އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށް ބަލައި ޝަރީއަތުގެ މަރުހަލާ ފެށުމަށް ނިންމި ނަމަވެސް، ފަހުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ.

އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ އަވަސްނިޔާގެ އަޑުއެހުމެއް ބާއްވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅީއެވެ. އަދި އޭނާގެ އިއުތިރާފަށް ބަލައި އޭނާއަށް ކޮށްފައިވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

- ކޮމެންޓް