ކ. މާލެ
|
11 މާރޗް 2022 | ހުކުރު 21:50
އަތުލައިގަނެވުނު މަސްތުވާތަކެތި
އަތުލައިގަނެވުނު މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެއަށް އެތެރެ ކުރަން އުޅުނު 12 މިލިއަނަށްވުރެން ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މި މަސްތުވާތަކެއްޗަކީ ކުރިއަރ ޑެލިވަރީ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި

ރާއްޖެއަށް އެތެރެ ކުރަން އުޅުނު 12 މިލިއަނަށްވުރެން ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މި މަސްތުވާތަކެއްޗަކީ ކުރިއަރ ޑެލިވަރީ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.359 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ބާރަ މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ފަސްސަތޭކަ ރުފިޔާއަށް އަރާ ކަމަށެވެ. އަދި އަތުލައިގަނެވުނު މި މަސްތުވާތަކެތި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޒާތުގެ ތިން ބާވަތެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބެލި ބެލުމުގައި މިމަހުގެ 1 ވަނަ ދުވަހު ބަލައި ފާސްކުރި ޕާރުސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ބާވަތެއް ވަނީ ފެނިފައިވާ ކަމަށާއި މިތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެމް.ޑީ.އެމް.އޭ އަދި މެފެޑްރޯންއަށް ޕޮޒިޓިވްވި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިހިނގާ މާރޗް މަހުގެ 6 ވަނަ ދުވަހު ބަލައި ފާސްކުރި ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

- ކޮމެންޓް