ކ. މާލެ
|
11 މާރޗް 2022 | ހުކުރު 19:01
ބާޒާރުމަތި ފިހާރައެއް
ބާޒާރުމަތި ފިހާރައެއް
ރާއްޖެއެމްވީ
މުދާ ވިއްކާ ތަންތަން
ރޯދަ މަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ މެންދަމު އެކަކަށް
 
ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރީލް މަހުގެ 2 ވަނަ ދުވަސް

ރޯދަ މަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ މެންދަމު އެކެއް ޖަހަންދެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1:00ށް ކަމަށެވެ.

ރޯދަ މަހުގެ ރޭ ތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ހަވީރު 5:30ން މެންދަމު 3:00އާ ދެމެދު އެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30ން މެންދަމު 3:00އާ ދެމެދުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިއަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހެވެ.

މިނިސްޓްރީން މިގޮތަށް ނިންމާފައިވާއިރު ކޮވިޑާއި ގުޅިގެން ވަރަށް ގިނަ ވިޔަފާރީތަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ގިނަ ވިޔަފާރީތަކުން ބުނީ ކޮވިޑާއި ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމަށް އެމީހުން އަދިވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް