ކ. މާލެ
|
4 މާރޗް 2022 | ހުކުރު 07:41
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު
މާލެ ސިޓީ ކައުންސިލް
ހުޅުމާލެއިން ގޯތި ދޫކުރުން
1000 ގޯއްޗާއި ގުޅޭގޮތުން މުއިއްޒުގެ ސިޓީއެއް ރައީސް ޞާލިޙަށް
ހުޅުމާލެއިން މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދޭންޖެހޭ

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމާއި ގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މިކަން ހާމަ ކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 1000 ގޯތީގެ މައުލޫމާތު ލިބިވަޑައިގަތީ މީޑިޔާއިން ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ހުޅުމާލެއިން ގޯތި ދޫކުރާ ވާހަކައަކީ ހަޤީޤަތެއް ކަމަށްވާނަމަ ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ހިލޭ ގޯތި ދޭ ފަދައިން، ހުޅުމާލެއިން ދޭ ގޯތިތައް މާލޭގެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް ސިޓީއަކުން ދަންނަވާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މުއިއްޒު ވަނީ މިކަމަށް އަލިއަޅުއްވާ ލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރާ އުސޫލުން މާލެ ރައްޔިތުންނަށްވެސް ހިލޭ ގޯތި ސަރުކާރުން ދޫކުރަންޖެހޭ ކަމަށް ޑރ.މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި މާލެ ސަރަޙައްދުގައި ބިން ހިއްކުމަށްފަހު ހިލޭ ގޯތި ނުދެއްވުމަކީ ހަމަހަމަކަން ނެތުން ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ހިމަނާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް