Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
28 ފެބްރުއަރީ 2022 | ހޯމަ 12:32
ވޯރިއާރސް އެރީނާގެ ފަރާތުން ބޭއްވި ޕްރޮގްރާމްގެ ތެރެއިން
ވޯރިއާރސް އެރީނާގެ ފަރާތުން ބޭއްވި ޕްރޮގްރާމްގެ ތެރެއިން
ވޯރިއަރސް އެރީނާ
ހަންޏާމީދޫ ހޭލުންތެރިކަމުގެ ޕްރޮގްރާމް
ވޯރިއާރސް އެރީނާގެ ފަރާތުން ހަންޏާމީދޫ ކަނބަލުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
ހަންޏާމީދޫއިން ޖުމްލަ 28 ފަރާތަކުން މި ޕްރޮގްރާމްގައި ބައިވެރިވެ، ހަނދާނީ ލިޔުން ވަނީ ޙާސިލްކޮށްފައި

ވޯރިއާރސް އެރީނާ އާއި ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން، އދ.ހަންޏާމީދޫ ކަނބަލުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހު 25 އިން 26 އަށް ކުރިޔަށްދިޔަ މި ޕްރޮގްރާމްގައި ހަންޏާމީދޫ ކަނބަލުންނަށް ސެލްފް ޑިފެންސް އަދި ހެލްތް އެންޑް ފިޓްނަސް އާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ވޯރިއާރސް އެރީނާގެ ފަރާތުން މަޢުލޫމާތުދީފައިވެއެވެ. މިސެޝަންތައް ނަންގަވައިދެއްވާފައިވަނީ ސައުތު އެސޯސިއޭޝަން ޖުޖިޓްޝޫ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ސަހާ ހަސަން އެވެ.

ހަންޏާމީދޫއިން ޖުމްލަ 28 ފަރާތަކުން މި ޕްރޮގްރާމްގައި ބައިވެރިވެ، ހަނދާނީ ލިޔުން ވަނީ ޙާސިލްކޮށްފައެވެ.

Advertisement

ވޯރިއާރސް އެރީނާގެ ފަރާތުން ހަންޏާމީދޫގައި ކުރިއަށް ގެންދިޔަ މިހޭލުންތެރިކުރުމުގެ ޕްރޮގްރާމަކީ ކަނބަލުންގެ އިތުރުން ބޮޑެތިވަމުން އަންނަ ކުދިންނަށާއި ފިރިހެނުންނަށްވެސް ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށާއި، މިސެޝަންތަކުގެ ސަބަބުން ވަރަށް މުޙިއްމު ކަންތައްތައް ދަސްވެގެން ހިނގައްޖެކަމަށް ހަންޏާމީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވިއެވެ.

ވޯރިއާރސް އެރީނާއަކީ މާޝަލް އާރޓްސް، ފިޒިކަލް ފިޓްނަސް އަދި ޖިމްނާސްޓިކް ފަދަ ޙަރަކާތްތައް ހިންގާ އެސޯސިއޭޝަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް