Advertisement
ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 18:58
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އދ. ހަންޏާމީދޫ ބަނދަރު
ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
މިއީ 32.5 މިލިއަން ރުފިޔާގެ މަޝްރޫއެއް

އދ. ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިންމާލައިފައިވަނީ އަންގާރަ ދުވަހުއެވެ.

މިއީ 32.5 މިލިއަން ރުފިޔާ އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ.

Advertisement

އެ ކުންފުނިން ވަނީ މި މަޝްރޫއުގެ ދަށުން 6،363 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 204 މީޓަރުގެ ބޭރުތޮއްޓަކާއި 276 މީތަރުގެ އެއްގަމު ތޮއްޓެއް ލާފައެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާއިރު ހާބަރ ޕޭވްމަންޓް ހެދުމާއި ރޭމްޕް ހެދުމާއި ޖެޓީ ހެދުމާއި މޫރިންގ ބޮއެ ހަރުުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި ހަންޏާމީދޫގައި ލޯކަލް ޓޫރިޒަމް ފުޅާވަމުންއައިސް ރަށުގައި ޑައިވިންގ ދޯނިތަކާއި ލޯންޗުފަހަރާއި ޑިންގީތައް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އަދި ލޯކަލް ޓޫރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ، އެކްކާޝަންތަކާއި "ބިގް ގޭމް ފިޝިންގ" އަށް އޮތް ތަރުހީބު އިތުރުވެފައިވާއިރު ކުރިން އެ ރަށުގައި އޮތް ބަނދަރުގެ ސަބަބުން އެފަދަ ޚިދުމަތްތައް ފޯރުކޮށްދޭން ދަތިވިކަމަށް އެމްޓީސީސީން ބުންޏެވެ.

ނަމަވެސް އާ ބަނދަރާ އެކު ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ދަތިތަކަށް ހައްލު ލިބިގެން ގޮސްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. އާ ބަނދަރުގެ ސަބަބުން ބަނދަރުގެ ޖާގަ ބޮޑުވެ، އިގްތިސާދީ ގޮތުން ބެލި ނަމަވެސް ރަށަށާއި އެ ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް