Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
14 ޑިސެންބަރ 2021 | އަންގާރަ 15:45
އދ.ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އދ.ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ހަންޏާމީދޫ ބަނދަރުގެ މަސައްކަތް
ހަންޏާމީދު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މި މަޝްރޫއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެއް

އދ ހަންޏާމީދު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއައްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 އިންސައްތަ މިހާތަނަށް ނިމިފައި ވާކަމަށާއި، އެކަށީގެންވާ ބާރުމިނުގައި މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ، އެއްގަމުތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ ކަމަށެވެ.

Advertisement

މި މަޝްރޫއުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް