Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
6 ފެބްރުއަރީ 2022 | އާދީއްތަ 13:37
ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
ސްޓެލްކޯ
ހަންޏާމީދޫ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކުރުން
ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާކަމަށް ސްޓެކްކޯއިން ވިދާޅުވި

އދ. ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުން ދާކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

އެގޮތުން ސްޓެލްކޯއިން ވިދާޅުވީ އދ. ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ހަލުވި ސްޕީޑްގައި ކަމަށާއި، މި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލަން ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތުގައި 2950 މީޓަރުގެ ކޭބަލް ވަޅުލުމަށް ވެސް ހަމަޖެހިފައި ވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

Advertisement

ހަންޏާމީދޫގެ ލޯ-ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރަމުން ދާއިރު ސްޓެލްކޯ ވޯރކްޝޮޕް (ސްޓެވޯ) އިން އެންމެ ފުރަތަމަ އެސެމްބްލްކުރި ބްރޭންޑް ކަމަށްވާ ސްޓެވޯ ބްރޭންޑުގެ STW300 މޮޑެލްގެ މުޅިން އައު ޖަނަރޭޓަރު ސެޓެއް ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހަންޏާމީދޫއަށް ގެންގޮސްފައެވެ.

މި ޖަނަރޭޓަރު ސެޓަކީ އދ.ހަންޏާމީދޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެރަށަށް ގެންދެވުނު 300kVA ގެ ޖަނަރޭޓަރ ސެޓެކެވެ. އަދި މި އައު ޖަނަރޭޓަރުސެޓާއެކު ހަންޏާމީދޫގައި އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށާއި، ހަންޏާމީދޫގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަކަން ލިބިގެންދާނެކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް