ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 23:43
ކޮވިޑް-19 ވެކްސިން ކާޑު
ކޮވިޑް-19 ވެކްސިން ކާޑު
ރާއްޖެއެމްވީ
ވެކްސިންގެ ތަފާސްހިސާބު
ބުރާސްފަތި ދުވަހު ބޫސްޓަރ ޑޯޒް ޖެހީ 3046 މީހުން
އެޗްޕީއޭއިން މިހާރު ވަނީ އެޕޮއިންޓްމަންޓާ ނުލާ ބޫސްޓަރ ޑޯޒް ޖަހައިދިނުމަށް ނިންމާފައި
ރާއްޖޭގައި ދެ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރުވަނީ 370،425 އަށް އަރާފައެވެ
ރާއްޖޭގައި ބޫސްތަރ ޡޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 104،134ށް އަށް އަރާފައެވެ

ކޮވިޑް19 ވެކްސިންގެ ބޫސްތަރ ޑޯޒް ރާއްޖޭގައި ބުރާސްފަތި ދުވަހު 3،046 މީހުން ޖަހައިފިއެވެ. މިއާއެކު ބޫސްޓަރ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 104،134ށް މިވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހު މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 1076 މީހުންނެވެ. އަތޮޅުތަކުން 1970 މީހުންނެވެ.

ބުރާސްފަތި ދުވަހު ފުރަތަމަ ޑޯޒް 48 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 21 މީހުންނާއި އަތޮޅުތަކުން 27 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،920ށް އަރާފައެވެ.

ބުރާސްފަތި ދުވަހު ދެވަނަ ޑޯޒް 66 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 60 މީހުންނެވެ. އަދި އަތޮޅުތަކުން 6 މީހުންނެވެ. މިއާއެކު ރާއްޖޭގައި ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،425ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންއާންމުންނަށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހާދެމުންދާއިރު އެޗްޕީއޭއިން މިހާރު އެޕޮއިންޓްމަންޓާ ނުލާ ބޫސްޓަރ ޑޯޒް ޖަހައިދިނުމަށް ނިންމާ އެކަން ދަނީ ކުރަމުންނެވެ.

- ކޮމެންޓް