Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 19:43
ސަވާދީއްތަ ދަތުރުގެ ބައިވެރިން ނޮޅިވަރަންފަރުގައި
ސަވާދީއްތަ ދަތުރުގެ ބައިވެރިން ނޮޅިވަރަންފަރުގައި
އެމްއައިޓީޑީސީ
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ނޮޅިވަރަންފަރުން ސަގާފީ މަރުހަބާއެއް
ކުރީޒަމާނުގައި ދިވެހިންގެ އާދަކާދަތައް ހުންނަ ގޮތާއި ކޮށްއުޅުނު މަސައްކަތުގެ އިތުރުން ދިވެހިންގެ ދިރިއުޅެމުން އައި ގޮތް ދައްކާލާފައިވޭ

އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީގެ ބައިވެރިންނަށް ހދ. ނޮޅިވަރަންފަރުން ސަގާފީ މަރުހަބާއެއް ކިޔައިފިއެވެ.

މި ދަތުރަކީ ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން ކުރިއަރުވައި, ފަތުރުވެރިންނަށް އެ ތަޖުރިބާކޮށްލުމަށް އެމްއައިޓީޑީސީން ފަށާފައިވާ ރެލީއެކެވެ. މިދަތުރަށް "ސަވާދީއްތަ ދަތުރު"ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާ ގުޅުވައިގެންނެވެ.

ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރަށް ދަތުރުގެ ބައިވެރިން ދިއުމުން އެ ރަށުން ވަނީ ދަތުރުގެ ބައިވެރިންނަށް ދިވެހިންގެ ސަގާފީ ކަންކަން ދައްކާލާފައެވެ. އެގޮތުން ކުރީޒަމާނުގައި ދިވެހިންގެ އާދަކާދަތައް ހުންނަ ގޮތާއި ކޮށްއުޅުނު މަސައްކަތުގެ އިތުރުން ދިވެހިންގެ ދިރިއުޅެމުން އައި ގޮތް ދައްކާލާފައިވެއެވެ.

Advertisement

ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް, އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް