ކ. މާލެ
|
10 ފެބްރުއަރީ 2022 | ބުރާސްފަތި 08:34
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެއްތި އަތުލައިގަތުން
ދެރަށަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
އޮޕަރޭޝަންތައް ހިންގާފައިވަނީ އދ. ދިގުރަށާއި ބ.ފެހެންދޫގައި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި، ދެ ރަށަކަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ހިންގާފައިވަނީ އދ. ދިގުރަށާއި ބ.ފެހެންދޫގައި ކަމަށެވެ.

އެގޮތުން ދިގުރަށުގައި ހިންގި އޮޕަރޭޝަނަކީ މާމިގިލިން ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ދިގުރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ދިގުރަށު ބަނދަރާ އެ ދޯނި ގާތްކުރި ވަގުތު ފުލުހުން ދޯންޏަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، 24 ކަރުދާސްކޮޅު ފެނިފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.

ފެހެންދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ ތުޅާދޫން ފެހެންދުއަށް ދިޔަ ދޯންޏަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ގޮއިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް
10 ފެބްރުއަރީ 2022 | ބުރާސްފަތި 09:28
ހާލަތު
ދޫނިމެރުމުން ކަންބޮޑުވެ މުޒާހަރާކުރާ ފަދައިން މާރާމާރީ އާއި ގޭންގްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް އަޑުއުފުލަން ނުނިކުންނަނީ ކީއްވެތޯ.