Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2022 | ބުދަ 16:32
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި
އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް މާދަމާ ގައުމީ މަޖިލީހަށް ހުށައަޅަނީ
ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައި
ދެވަނަ އިންތިޚާބަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަމުގެ މަގާމުގެ އިންތިޚާބު
ފުރަތަމަ އިންތިޚާބަކީ އެމްޑީޕީގެ ޗެއަރ ޕަރސަންގެ މަގާމުގެ އިންތިޚާބު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ބުރާސްފަތި ދުވަހު ގައުމީ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި, ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި 3 ހުށައެޅުމެއް ހުށައެޅިގެންދާއިރު، އެއީ އެމްޑީޕީގެ އެތެރޭގެ 3 އިންތިޚާބެއްގެ ތާރީޚުތައް ކަނޑައެޅުންކަމަށް ރާއްޖެއެމްވީއަށް މައުލޫމާތުދެއްވި ފަރާތުން ވިދާޅުވިއެވެ.

ފުރަތަމަ އިންތިޚާބަކީ އެމްޑީޕީގެ ޗެއަރ ޕަރސަންގެ މަގާމުގެ އިންތިޚާބެވެ. އެގޮތުން މިހާރު ހުންނެވި ޗެއަރޕަރސަން ހަސަން ލަތީފުގެ މަގާމުގެ މުއްދަތު ހަމަވަނީ މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Advertisement

ދެވަނަ އިންތިޚާބަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުގެ އިންތިޚާބެވެ. އެއީ ދެއަހަރާ ބައިގެ މުއްދަތަކަށް އިންތިޚާބު ކުރެވޭ މަގާމެކެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހޮވިވަޑައިގެންފައިވަނީ 2 ޖުލައި 2019 ގައެވެ.

އޭގެ އިތުރުން 3 ވަނަ ހުށައެޅުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަށް ތާރީޚެއް ކަނޑައެޅުމަށް ބޭއްވޭ ހުށައެޅުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް