ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 16:03
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކިއެކި ޚަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކިއެކި ޚަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރުގެ ބައިވެރިން މަތީރަށްފުޅަށްގޮސް، އާސާރީ ތަންތަން ބަލާލައިފި
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިމުމަށްފަހު އެކި ޚަރަކާތްތައް ކުރިއަށް ގެންގޮސްފައިވޭ
ޔޮޓް ރެލީ ފެށުމުގެ ކުރިން ދަތުރުގެ ބައިވެރިން ގެންދަނީ ދިވެހިވަންތަ ސަޤާފަތްތައް ތަޖުރިބާ ކުރަމުން
ފަތުރުވެރިންނަށް ހާއްސަކޮށްގެން މޫދު ކުޅިވަރުތައްވެސް ކުރިއަށް ގެންގޮސްފައިވޭ

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަމް (އެމްއައިޓީޑީސީ) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ސަވާދީއްތަ ދަތުރުގައި ބައިވެރިވި ފަތުރުވެރިން މަތީރަށާއި އިންނަ ފިނޮޅަށް ޒިޔާރަތް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ހއ. ހޯރަފުށީގައި ސަވާދީއްތަ ދަތުރު ފެށުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ޔޮޓް ރެލީ ފެށުމުގެ ކުރިން ދަތުރުގެ ބައިވެރިން ގެންދަނީ ދިވެހިވަންތަ ސަޤާފަތްތަކާއި ތާރީޚާއި ގުޅޭ މައުލޫމާތުތައް ބަލައި، އެކަމާއި ގުޅޭ ތަޖުރިބާތައް ކުރަމުންނެވެ. އެގޮތުން 6 ފެބުރުވަރީ 2022 ގައި ފަތުރުވެރިން ވަނީ މަތީރަށަށް އަދި އިންނަ ފިނޮޅަށް ޒިޔާރަތް ކޮށްފައެވެ.

ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު މި ނޫނަސް އެކި އެކި ޚަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ހޯރަފުށީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރިހާ ފަތުރުވެރިން ވަނީ ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން، ރަށުގެ ސްކޫލް ދައްކައިލުމާއި ސްކޫލް އާއި ގުޅޭ އެކި މަޢުލޫމާތު ފަތުރުވެރިންނަށް ދީފައިވެއެވެ.

ހޯރަފުށީ ބީޗް ސަރަހައްދުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މޫދު ކުޅިވަރުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ޚަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި - ސަވާދީއްތަ ދަތުރު

މީގެއިތުރުން، ދަތުރުގެ ހުރިހާ ފަތުރުވެރިން ވަނީ މަސް ދަތުރެއްގައިވެސް ބައިވެރިވެފައެވެ. މި ދަތުރު ވެގެން ދިޔައީ ގިނަ ފަތުރުވެރިންނަށް އައު އަދި މަޖާ ކުޅިވަރަކަށެވެ.  އެއަށްފަހު ހޯރަފުށީގެ ކުޅިވަރުތައް ނިމިގެން ދިޔައީ ރޭގަނޑުގެ ކެއުމާއި ބޮޑު ބެރު ޗޯ އަކުންނެވެ. އެރަށުގެ ރައްޔިތުންނާއި އެކު ހޭދަ ކުރި ހުރިހާ ވަގުތެއްގައިވެސް ފެނިގެންދިޔައީ އާންމު ރައްޔިތުންނާއިއެކު ދިވެހިންގެ ސަގާފަތުގެ ތެރޭގައި ފަތުރުވެރިން އުޅެމުން ދިޔަތަނެވެ.

ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ޚަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި - ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާޙު ކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވަނީ ސަވާދީއްތަ ދަތުރުގެ ޕާސްޕޯޓެއްވެސް އިފްތިތާޙްކޮށްފައެވެ. ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް އިފްތިތާޙް ކޮށްދެއްވި މި ޕާސްޕޯޓަކީ ދަތުރުގެ އެންމެހާ ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ އަދި ކޮންމެ ރަށަކުން ވެސް އެރަށެއްގެ ސްޓޭމްޕް ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ޕާސްޕޯޓެކެވެ. މި ޖަލްސާ ފެށުމުގެ ގޮތުން ހޯރަފުށީގެ ރައްޔިތުންގެ ފަރާތުންނާއި އަދި ބިދަބިން ބޮޑު ބެރު ގުރޫޕްގެ ފަރާތުން ވަނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ހުށަހެޅުންވެސް ހުށަހަޅާފައެވެ.

- ކޮމެންޓް