ކ. މާލެ
|
4 ފެބްރުއަރީ 2022 | ހުކުރު 10:07
ލަންކާގެ ބޮޑުވަޒީރު ރައީސް ސާލިހާއެކު މީގެކުރިން ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން- ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްޝާއާއި، ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްޝާއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައި
ލަންކާގެ ބޮޑުވަޒީރު ރައީސް ސާލިހާއެކު މީގެކުރިން ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން- ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްޝާއާއި، ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްޝާއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައި
ރައީސް އޮފީސް
ލަންކާގެ މިނިވަން ދުވަސް
ލަންކާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
އެއީ 1948 ވަނަ އަހަރު އެ ގައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބުނު ދުވަސް
ލަންކާގެ ރައްޔިތުންނަކީ ދިވެހިންގެ އަޚުންގެ ގޮތުގައި ސިފަ ކުރެއްވި
2019 ވަނަ އަހަރު ކުރިއަށްދިޔަ އެޤައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ރައީސް ސާލިހު ވަނީ ޝަރަފްވެރިވެސް ކޮށްދެއްވާފައި

އަަވައްޓެރި ސްރީލަންކާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ފޮނުއްވައިފިއެވެ.

ހުކުރު ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްޝާއާއި، ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްޝާއަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ. އެމަނިކުފާނު ވަނީ ލަންކާގެ ރައްޔިތުންނަކީ ދިވެހިންގެ އަޚުންގެ ގޮތުގައި ސިފަ ކުރައްވައި، ދިވެހި ރައްޔިތުންގެ ނަމުގައި ލަންކާ ސަރުކާރަށާއި، ރައްޔިތުންނަށްވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވަވާފައެވެ.

ސްރީލަންކާއިން ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ގައި ފާހަގަކުރާ މިނިވަން ދުވަހަކީ 1948 ވަނަ އަހަރު އެޤައުމު އިނގިރޭސީންގެ އަތްދަށުން މިނިވަންވެ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

ރާއްޖެއާއި ލަންކާއާދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮންނައިރު، 2019 ވަނަ އަހަރު ކުރިއަށްދިޔަ އެ ޤައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ރައީސް ސާލިހު ވަނީ ޝަރަފްވެރިވެސް ކޮށްދެއްވާފައެވެ. އެއީ ރާއްޖޭގެ ރައީސަކު އަވަށްޓެރި ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ދެވަނަ ފުރަމާނަ ދަތުރުފުގައެވެ.

- ކޮމެންޓް