Advertisement
ކ. މާލެ
|
21 ޖެނުއަރީ 2022 | ހުކުރު 13:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރާއްޖެއާއި އިންޑިއާ ޗައިނާގެ ގުޅުން
ޗައިނާއިން އަދާކުރެވޭނެ ބޮޑު ރޯލެއް ނެތް، ރާއްޖެއިން އިސްކުރާނީ އިންޑިއާ ފަސްޓް ޕޮލިސީ – ނަޝީދު
ރައީސް ޔާމީން ރާއްޖޭގައި އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތަކީ ނަސްލީ ތަފާތުކުރުން
ރައީސް ޔާމީން އެ ކުރައްވާ ކަމެއް ރައްޔިތުން ބަލައި ނުގަނޭ
ރާއްޖެއިން އަބަދުވެސް އިސްކަން ދޭނީ އިންޑިއާ ފަސްޓް ޕޮލިސީއަށް ކަމަށާއި، އަދި އެކަން އޮންނާނީ ވެސް އެގޮތުގައި

ޗައިނާއިން ރާއްޖޭގައި އަދާކުރެވޭނެ މާ ބޮޑު ރޯލެއް ނެތް ކަމަށާއި، ރާއްޖެއިން އަބަދުވެސް އިސްކުރާނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ގުޅުމާއި ގުޅިގެން، އެކަމުގައި ދިވެހިން ނުރެހޭ ވާހަކައަކީ ވަރަށް ބޮޑަށް އޮޅުވާލާފައިވާ ހަގީގަތެއް ކަމަށާއި، އިންޑިއާ އައުޓް ހަރަކާތަކީ ތާއިދެއް ނެތް ކަމެއް ކަމަށެވެ. އަދި ކޮންމެ ސަބަބަކާއި ގުޅިގެން ވިޔަސް ރައީސް ޔާމީން ރާއްޖޭގައި އިންޑިއާއާއި ދެކޮޅަށް ހަރަކާތެއް ފެށުމަކީ ނަސްލީ ތަފާތުކުރުން ނުވަތަ ވަކި ގައުމަކަށްވީތީ އެގައުމަކާއި ދެކޮޅަށް ކުރާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ވަކި ގައުމަކާއި ދޭތެރޭގައި ނަފްރަތު އުފެދޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އެ ކުރައްވާ ކަންކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އަދި އިންޑިއާއާއި ދެކޮޅަށް ކުރައްވާ ކަމަކަށް މާ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، އެހެން ގައުމަކާއި ދެކޮޅަށް ވެސް ކުރައްވާ އެފަދަ ކަމަކަށް ރާއްޖޭގައި ތަރުހީބު ލިބިވަޑައިގަންނަވާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި، ރައީސް ޔާމީން އެކަން ހުއްޓާލައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޗައިނާއިން އަދާކުރެވޭނެ ބޮޑު ރޯލެއް ނެތް ކަމަށާއި، ރާއްޖެއިން އަބަދުވެސް އިސްކަން ދޭނީ އިންޑިއާ ފަސްޓް ޕޮލިސީއަށް ކަމަށާއި، އަދި އެކަން އޮންނާނީ ވެސް އެގޮތުގައި ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ވެސް ޕޮލިސީ ކަމަށާއި، ވޭތުވެދިޔަ 3-4 ވަރަކަށް އަހަރުގެ ތެރޭގައި ވެސް އެކަން އޮތީ އެގޮތުގައި ކަމަށާއި، ދެންވެސް އޮންނާނީ އެގޮތުގައި ކަމަށެވެ.

މީގެ ކުރިން ދަ ހިންދޫ ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ އިތުރު ދައުރެއްގައި ވެރިކަމުގައި އޮތުމަކީ މިހާރުގެ ހާލަތަށް ބަލައި މުހިއްމު ކަމެއް ކަމަށެވެ. އަދި ގައުމު ހަލަބޮލި ކޮށްލުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުންވެސް އެނގުނު ކަމަކީ، ދިވެހިރާއްޖެއަށް އެއްގައުމު އަނެއްގައުމާ ޖައްސާލައިގެން ނޫޅެވޭނެ ކަން ކަމުގައެވެ. އެކުވެރި ގައުމުތަކަށް ދިވެހިން އަބަދުވެސް ކަމޭހިތާނެ ކަމަށާއި، އިންޑިއާއަކީ ދިވެހިންނާ އެންމެ ގާތް ގައުމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ އިންޑިއާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް