Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 17:08
ސީ.އެމް.އީ.ސީގެ ފަރާތުން ހަދިޔާކުރާ ފެން ހިންދާ ޕަމްޕުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
ސީ.އެމް.އީ.ސީގެ ފަރާތުން ހަދިޔާކުރާ ފެން ހިންދާ ޕަމްޕުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
ޗައިނާ-ރާއްޖެ
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
މި ރަސްމިއްޔާތަށް މުއިއްޒު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެމަނިކުފާނުގެ ކޮންސްޓަަރަކްޝަން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
ރައީސް މުއިއްޒު އެންމެ ގިނައިން މިހާތަނަށް ބައިވެރިވެފައި ވަނީ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ ރައީސް މުހައްމަދު މުއިއްޒު ފެން ޕަމްޕް ތަކެއް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި އެވެ.

މިއީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް (ސީ.އެމް.އީ.ސީ) ގެ ފަރާތުން ހަދިޔާ ކުރި ފެން ހިންދާ ޕަމްޕް ތަކެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ތަކެތި ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ހުޅުމާލޭ ސެންޓަރަލް ޕާރކްގައި ހޯމަ ދުވަހު އެވެ.

މި ރަސްމިއްޔާތަށް މުއިއްޒު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އެމަނިކުފާނުގެ ކޮންސްޓަަރަކްޝަން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ފެންވަރުގަ އެވެ.

ސީ.އެމް.އީ.ސީގެ ފަރާތުން ހަދިޔާކުރާ ފެން ހިންދާ ޕަމްޕުތައް

މި ފެންޕަންޕްތައް ހަވާލުކޮށް ދިނީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާ އެވެ. މިތަކެއްޗާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނެވެ.

ޗައިނާ ކުންފުނިން ހަދިޔާ ކުރީ ޖުމުލަ ހަ ފެންހިންދާ ޕަމްޕް އެވެ. މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ގްރޭޓަރ މާލޭ ސަރަހައްދުގަ އެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

ރައީސް މުއިއްޒު އެންމެ ގިނަ އިން މިހާތަނަށް ބައިވެރިވެވަޑައިގެންފަ ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ރަށްރަށުގައި ބަހައްޓާ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ތަކުގައި ކަން ފާހަގަ ކުރެވިފައި ވެއެވެ.

- ކޮމެންޓް