ހދ. ކުޅުދުއްފުށި ސިޓީ
|
20 ޖެނުއަރީ 2022 | ބުރާސްފަތި 21:19
އައްޑޫގައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ކުރިއަންގެންދަނީ
އައްޑޫގައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ކުރިއަންގެންދަނީ
ފެނަކަ
އައްޑޫގައި އިއާދަކުރަނިވި ހަކަތަގެ މަޝްރޫއެއް
އައްޑޫގައި އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަނީ
ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރު ޑީސަލް އެންދުން މަދުކުރެވޭނެ
ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5،500 ޓަނު ކާރބަން ޑައި އޮކްސައިޑް މަދުކުރެވޭނެ

އައްޑޫ ސިޓީގައި އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ހިންގަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ.

އެގޮތުން އައްޑޫސިޓީ ސޯލާ ޕީވީ ޕަވަރ ޕާޗޭސް އެއްބަސްވުމުގައި، ކްލިއަރ ފިއުޗަރ ސިނަރޖީޒް ލިމިޓެޑާ އެކު ފެނަކަ ކޯޕަރޭޝަނުން ވަނީ ސޮއިކޮށްފައެވެ.

މިއީ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕަވަރ ޕާރޗޭސް އެގްރީމެންޓް (ޕީޕީއޭ)އެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން ސ. ހުޅުމީދޫގައި 2 މެގަވޮޓް ޕީކްގެ ސޯލާރ ޕީވީ ބެޓެރީ ސްޓޯރޭޖް ސިސްޓަމާއެކު ހަރުކުރެވެނޭއެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2.5 މެގަވޮޓް ޕީކްގެ ސޯލަރ ޕީވީ ހަރުކުރެވޭނެއެވެ. ފެނަކައިން ބުނެފައިވަނީ އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާރއިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ކަރަންޓުގެ (އެއަރޕޯޓްގެ ޔޫސޭޖް)، 100% އެތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ޕީކްގެ ސޯލާރ ނިޒާމުން އުފައްދާނެ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ. މިއާއެކު ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާރ ޕަވަރޑް އެއަރޕޯޓަށް ވެގެންދާނެއެވެ.

ފެނަކައިން ބުނެފައިވަނީ މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރު ޑީސަލް އެންދުން މަދުކުރެވޭނެ ކަމަށެވެ. އަދި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5،500 ޓަނު ކާރބަން ޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށެވެ.

- ކޮމެންޓް