ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 22:52
އާދީއްތަ ދުވަހަކީ ފަހަކަށް އައިސް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް
އާދީއްތަ ދުވަހަކީ ފަހަކަށް އައިސް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް
ސަން އޮންލައިން
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 26 އިންސައްތައަށް އަރައިފި
މިއީ އޮމިކްރޯން ފެތުރެން ފެށިފަހުން އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރި ދުވަސް
މާލެއިން 575 އަދި ރަށްރަށުން 408 ކޭސް ރިޕޯޓް ކުރެވުނު

މާލެ ސަރަހައްދުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ދެގުނަ އިތުރުވެ, އާދީއްތަ ދުވަހު ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ އާދީއްތަ ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 1209 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހޮނިހިރު ދުވަހު 954 މީހަކު ޕޮޒިޓިވްވި އިރު، ހުކުރު ދުވަހު ވެސް 967 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.

މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 2215 ސާމްޕަލާއެކު ޖުމްލަ 5061 ސާމްޕަލް ވަނީ ނަގާފައެވެ. މީގެތެރެއިން 1209 މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 575 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 408 މީހުންނާއި، ރިސޯޓްތަކުގެ ޕޮޒިޓިވްވި 155 މީހުންގެ އިތުރުން ސަފާރީތަކުން ޕޮޒިޓިވްވި 4 މީހުންނެވެ. މި 24 ގަޑިއިރު ތެރޭގައި 67 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

އާދިއްތަ ދުވަހު 111 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ޖުމްލަ 97،328 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިކް ކޭސްތަކުގެ އަދަދު 5،975ށް އަރާފައިވާ އިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 26 މީހުންނަށެވެ. މިހާތަނަށް 265 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 26 އިންސައްތައިގައެވެ. މިއީ އޭގެ ކުރީ ދުވަހުގެ އަދަދުތަކާ އަޅައިބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

- ކޮމެންޓް