ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 22:47
"ނަފްސާނީ ހޭހަން" ފޮތް ރަސްމީކޮށް އިފްތިތާހުކުރުން
"ނަފްސާނީ ހޭހަން" ފޮތް ރަސްމީކޮށް އިފްތިތާހުކުރުން
ރާއްޖެ އޮންލައިން
ނަފްސާނީ ބަލިތަކަށް ފަރުވާކުރުން
"ނަފްސާނީ ހޭހަން"ގެ ނަމުގައި ފޮތެއް ނެރެފި
މިއީ އައިއެމްޑަބްލިއުބީން ނެރުނު ފުރަތަމަ ފޮތް
މިފޮތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރގެ ހެޑް ޑރ. ޝަނޫހާ މަންސޫރު

ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ޚާއްސަކޮށްގެން، އިންސްޓިޓިއުޓް ފޯރ މެންޓަލް ވެލްބީންގ (އައިއެމްޑަބްލިއުބީ)ން "ނަފްސާނީ ހޭހަން"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.

މާގިރި ހޮޓަލުގެ މުރަކަ މާލަމުގައި ބުދަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިފޮތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރގެ ހެޑް ޑރ. ޝަނޫހާ މަންސޫރެވެ.

ނަފްސާނީ ބަލިތަކުގެ މައުލޫމާތު ދިވެހީންނަށް ހިއްސާކުރުމުގެ ގޮތުން އައިއެމްޑަބްލިއުބީން ވަނީ މި ބަލިތަކާ ގުޅޭގޮތުން ހަ ޕޯސްޓަރެއް ތައްޔާރުކޮށް 1،200 ޕޯސްޓަރު މާލެއާ އަތޮޅުތަކުގެ ސްކޫލުތަކާއި، ސިއްހީ ޚިދުމަތްދޭ ތަންތަނަށް ފޯރުކޮށްދީފައެވެ. "ނަފްސާނީ ހޭހަން"އަކީ މި މަސައްކަތުގެ ދެވަނަ ފިޔަވައްސެވެ.

މިއީ ވަރަށް މުހިންމު ފޮތެއް. އަޅުގަނޑުމެން ފަރުވާދެމުން ދާއިރު އަބަދުވެސް ހިތަށް އަރާ ދިވެހިން މިކަހަލަ ފޮތެއް އޮންނާނެ ނަމައޭ.
އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރގެ ހެޑް ޑރ. ޝަނޫހާ މަންސޫރް

ޝަނޫހާ ވިދާޅުވީ މިފަދަ ބަލިތަކަށް ފަރުވާ ހޯދާ ކޮންމެ ފަރާތަކީ އިނގިރޭސި އެނގޭނެ ފަރާތެއް ނޫންކަމަށެވެ. އެހެންކަމުން މި ފޮތުގެ ބޭނުން މިފަދަ ފަރާތްތަކަށް ވަރަށް ރަނގަޅަށް ހިފޭނެކަމަށެވެ.

ނަފްސީ ބަލިތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ނެރުނު މިފޮތް ލިޔުއްވާފައިވަނީ ޑރ. އައިޝަތު ޝަނޫރާ، ޑރ. އައިޝަތު ޖިނާނީ އިބްރާހިމް، އާމިނަތު ނާހިދާ، މަރިޔަމް ނަވާޒާ، އައިޝަތު އަޒްލާ، މަޒްހާ ނިޒާމުގެ އިތުރުން ފާތިމަތު އައްޒައެވެ. މި ފޮތް ނެރުމަށް ފަންޑު ފޯރުކޮށްދީފައިވަނީ އޮސްޓްރޭލިއާ އެވޯޑްސް ސްމޯލް ގްރާންޑްސް ސްކީމުންނެވެ.

މިއީ އައިއެމްޑަބްލިއުބީން ނެރުނު ފުރަތަމަ ފޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް