އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ އެލްޑަރލީ ވިލެޖްގެ ބިންގާ އަޅާނެ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ އައްޑޫ ސިޓީގައި އަޅާ އެލްޑަރލީ ވިލެޖަކީ ބޭރު ގައުމުތަކުގައި ހުންނަ ރެސިޑެންޝަލް ހޯމްސް ފަދަ ތަނެއް ކަމަށެވެ. އަދި ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައި ރެސިޑެންޝަލް ހޯމެއް ހެދުން ހިމެނޭ ކަމަށާއި، އޭޑީބީގެ އެހީއާއި ސަރުކާރުގެ އެހީއާއެކުގައި އައްޑޫގައި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ބިން ލިބި ކޮންސެޕްޓް މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
އެތަނަށް މި ކިޔަނީ އެލްޑަރލީ ވިލެޖް. އައްޑޫއަށް ގެންނަ ކޮންސެޕްޓުގައި އަޅުގަނޑުމެން މި ގެންނަނީ ގުރައިދޫ މަރުކަޒުގެ ތަޖްރިބާއަށް ބަލާފައި އެލްޑަރލީ ވިލެޖްގައި މި ގެންނަނީ މިނިވަންކޮށް އުޅެވޭނެ ކޮންސެޕްޓެއް. އެގޮތަށް ހަދާފައި އިންސްޓިޓިއުޝަނަކަށްލީމަ ވާގޮތަށްވުރެ ބޮޑަށް މިނިވަންކަމާއެކީގައި އެމީހުންގެ ކަންކަން އަމިއްލައަށް ކުރެވޭނެ. އެއިރުން މިސާލަކަށް އެމީހުން އަމިއްލައަށް އަމިއްލަ ސައިތަށި ހަދާ، ދަނޑު ހައްދާ ކަންކުރެވޭނެ މާހައުލެއް ގެނެސްދިނުމަށް މަސައްކަތް މިކުރަނީ. ތިން ބަޔަކަށް އަޅުގަނޑުމެން މި ގެންނަނީ. ފުރަތަމަ ބަޔަކީ ސަރުކާރަށް ނަގާ މީހުންނަށް ތިބެވޭނެ. ދެން އިންނާނީ އަމިއްލައަށް އެދިގެން އަމިއްލައަށް ލިބޭ ލާރި ދައްކައިގެން ރެސިޑެންޝަލް ހޯމްގައި ތިބެން ބޭނުންވާ ފަރާތްތައްޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު
ފަޒްނާ ވިދާޅުވީ އައްޑޫގައި ހަދާ އެލްޑަރލީ ވިލެޖްގައި ތިބޭ މީހުންނަށް ބޭރަށް ނުކުމެ އެހެން މީހުންނާއި ބައްދަލުކޮށް ހެދޭނެ ކަމަށެވެ. އަދި ޑޭކެއަރ ކޮންސެޕްޓެއް ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
ވަޒީފާއަށް ނުގޮސް މައިންބަފައިން ބަލަން ތިބެންޖެހޭތީ ބައެއް އަންހެނުން އެބަތިބޭ ޗުއްޓީއެއްވެސް ނުނެގިފައި. އައްޑޫގެ އެލްޑަރލީ ވިލެޖަށް އަޅުގަނޑުމެން އިންނާނެ ޑޭކެއަރ ކޮންސެޕްޓްވެސް ވައްދާފައި. އެއިރުން ވަޒީފާއަށް ދަމުން، މަންމަ ބައްޕަ ނުވަތަ ދޮށީ އުމުރުގެ މީހަކު އެގަޑިއަށް އެތަނަށް ލާފައި ވަޒީފާއަށް ދެވޭނެ. އައްޑޫ ސިޓީގެ ފޭދޫން އިނީ ބިން ހަމަޖެހިފައި. އުއްމީދަކީ ޖެނުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ބިންގާ އެޅޭނެ ކަމަށްޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު
ފަޒްނާ ވިދާޅުވީ ގުރައިދޫގައި ތިބީ އިހުމާލުގެ ސަބަބުން ގިނައިން ގެނެވިފައި ތިބި މީހުން ކަމަށާއި، މުޖްތަމައުގެ ތެރެއިންނާއި އާއިލާގެ ތެރެއިން ބަލާނެ އެއްވެސް މީހަކު ނެތިގެން ނަގާފައި ހުރި ކޭސްތައް ވެސް ހިމެނޭ ކަމަށެވެ.