Advertisement
ކ. މާލެ
|
18 ނޮވެންބަރ 2021 | ބުރާސްފަތި 15:37
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އަމްނާ އިމާދު
ސިއްހީ ރެކޯޑު އެއްކުރުން
އަންނަ އަހަރު ސިއްހީ ރެކޯޑުތައް ޑިޖިޓަލް ކުރަނީ
ސިއްހީ ރެކޯޑުތައް އެއްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
މި ރެކޯޑުތައް ނެތުމުން ކޮވިޑުގެ ތެރޭގައި ދަތިވި

އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ރެކޯޑުތައް ޑިޖިޓަލްކޮށް ބަލަހައްޓަން ފެށޭނެކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ނަސީމް ވިދާޅުވީ ބަލި މީހުންގެ ރެކޯޑުތައް ބެލެހެއްޓުމަކީ ސިއްހީ ދާއިރާއިން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ކޮވިޑްގެ ހާލަތުގައިވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ރެކޯޑުތައް ނެތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރެކޯޑުތައް ނެތުމުން ބަލި މީހާގެ ކިބައިގައި ހުރީ ކޮން ބައްޔެއްކަން ސާފުކުރަން ޖެހެނީ ބަލި މީހާގެ ކިބައިން ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

Advertisement

އެހެންކަމުން 56 ރަށެއްގައި މީހުންގެ އާންމު ސިއްހީ ރެކޯޑުތައް ނަގައި، ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފެށީ އާބާދީ އެއްހާހުން ދަށުގެ ރަށްރަށުން ކަމަށާއި، މިހާރު މި މަސައްކަތް ފުޅާކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ރެކޯޑުތައް ޑިޖިޓަލްކޮށް ބަލަހައްޓަން ފެށޭނެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަލިމީހުންގެ ރެކޯޑުތައް އެއްކުރެވިފައި ހުރިނަމަ ކޮވިޑް-19 ފަދަ ކާރިސާއެއްގެ ތެރޭގައި މާ ފުރިހަމަ މަސައްކަތްތަކެއް ކުރެވިގެންދިޔައީސް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އަތުވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށްވެސް މި މަސައްކަތް މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ޕްރައިމަރީ ހެލްތް ކެއަރ ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބަލިމީހުންގެ ސިއްހީ ރެކޯޑުތައް އެއްކުރެވިފައި ހުރިނަމަ އެ މަސައްކަތްވެސް އިތުރަށް ފަސޭހަވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް