Advertisement
ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 14:10
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވާހަކަދައްކަވަނީ،
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވާހަކަދައްކަވަނީ،
ރާއްޖެއެމްވީ
މީޑިއާ އެކްސްޕޯ
މީޑިއާ އެކްސްޕޯއިން ރައްޔިތުންނަށް ގިނަގުނަ މައުލޫމާތުތައް ލިބިގެންދާނެ: އަލީ ސޯލިހު
ހުރިހާ މަސައްކަތްތަކެއް ވަނީ ރައްޔިތުންނާ ގުޅިލާމެހިފައި
ރައްޔިތުންނަށް އެ މައުލޫމާތުތައް އެންމެ ފަސޭހައިން ފޯރުކޮށްދެވޭނީ ނޫސްވެރިންނަށް
މީޑިއާ އެކްސްޕޯ ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 17، 18، އަދި 19 ވަނަ ދުވަހު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދާ މީޑިއާ އެކްސްޕޯއިން ރައްޔިތުންނަށް ގިނަގުނަ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ސޯލިހު ވިދާޅުވީ މިނިސްޓްރީން ކުރިއަށް ގެންދާ ހުރިހާ މަސައްކަތްތަކަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކާއި، މިހާތަނަށް ކާމިޔާބު ކަމާއެކު ކުރެވިފައިވާ މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރުމަށް ޕްލޭން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް އެނގިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ ރައްޔިތުންނަށް އެ މައުލޫމާތުތައް އެންމެ ފަސޭހައިން ފޯރުކޮށްދެވޭނީ ނޫސްވެރިންނަށް ކަމަށްވާތީ ނޫސްވެރިންނަށް އަމާޒުކޮށްގެން މީޑިއާ އެކްސްޕޯއެއް ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށެވެ. އަދި ވިދާޅުވީ ޓެކްނިކަލް މައުލޫމާތު ހުންނަ މިނިސްޓްރީއެއް ކަމުން މި މައުލޫމާތު ނޫސްވެރިޔާއާއި، އެމަސައްކަތުގައި ސީދާ ޝާމިލްވާ ފަރާތްތަކާ ބައްދަލުވެ، ފޯރުކޮށްދެވޭ މައުލޫމާތުން މަޤްޞަދު ހާސިލްވާނެ ކަމަށެވެ.

Advertisement

އަލީ ސޯލިހު ވިދާޅުވީ ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިއެކްސްޕޯގައި ވަރަށް ގިނަ މައުލޫމާތު ފޯރުކޮށްދެވޭނެ ކަަމަށާއި، މިނިސްޓަރު އައިމިނަތު ޝައުނާ ބައިވެރިވެވަޑައިގަންނަވާނެ ކަަމަށެވެ. ނޫސްވެރިންނަށް ގިނަކަންކަން ދަސްވެގެންދާނެ ކަމަށާއި، މިނިސްޓްރީއާއި ނޫސްވެރިންނާ ދެމެދު ގާތް ގުޅުމެއް އުފެދި މައުލޫމާތު ފޯރުކޮށްދިނުމަށް އެތައް ގުނައަކުން ފަސޭހަވެގެންދާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

މީޑިއާ އޮކްސްޕޯ ބާއްވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 17، 18، އަދި 19 ވަނަ ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައެވެ. މިއެކްސްޕޯގައި އެ މިނިސްޓްރީ އިސްބޭފުޅުންނާއި، މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން މައުލޫމާތުތައް ދެއްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް