ކ. މާލެ
|
1 ނޮވެންބަރ 2021 | ހޯމަ 08:25
ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް (ވ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ކ)
ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް (ވ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ކ)
ރާއްޖެއެމްވީ
3 ބާރުގެ ވެރިންގެ ގެކޮޅުގެ ޚަރަދު
3 ބާރުގެ ވެރިންގެ ގެކޮޅަށް 39.5 މިލިއަން ރުފިޔާ
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް 6،861،616 ރުފިޔާ
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް 5،394،832 ރުފިޔާ
ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 27،253،087 ރުފިޔާ

އަންނަ އަހަރު 3 ބާރުގެ ވެރިންގެ ގެކޮޅަށް ޚަރަދުގެ ގޮތުގައި 39.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 3 ބާރުގެ ވެރިންގެ ގެކޮޅަށް 39،509،536 (ތިރީސް ނުވަމިލިއަން ފަސްލައްކަ ނުވަހާސް ފައްސަތޭކަ ތިރީސް ހަ) ރުފިޔާ ހިމަނާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ޚަރަދުގެ ގޮތުގައި 27،253،087 (ހަތާވީސް މިލިއަން ދެލައްކަ ފަންސާސް ތިންހާސް އައްޑިހަ ހަތް ރުފިޔާ) ވަނީ މަނާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް 6،861،616 (ހަ މިލިއަން އައްލައްކަ ފަސްދޮޅަށް އެއްހާސް ހަސަތޭކަ ސޯޅަ ރުފިޔާ) ހިމަނާފައިވެއެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް 5،394،832 (ފަސް މިލިއަން ތިންލައްކަ ނުވަދިހަ ހަތަރުހާސް އައްސަތޭކަ ތިރީސް ދެ ރުފިޔާ) 2022 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ގާނޫނަށް މި އަހަރުގެ ތެރޭގައި ބަދަލު ގެނެސްފައިވަނީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.

2022 ވަނަ އަހަރުގެ ބަޖެޓުގައި ނާއިބްރައީސްގެ ރަސްމީ ގެކޮޅުގެ ޚަރަދުގެ ގޮތުގައި 7،335،890 (ހަތް މިލިއަން ތިންލައްކަ ތިރީސް ފަސްހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ) ހިމަނާފައިވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް މާލީ ޢިނާޔަތުގެގޮތުގައި ދިނުމަށް ކުރީގެ ރައީސް މައުމޫން ޢަބުދުލް ޤައްޔޫމަށް މަހެއްގެ މައްޗަށް 75،000 ރުފިޔާގެ މަގުން 9 ލައްކަ ރުފިޔާ ހިމަނާފައިވެއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަހެއްގެ މައްޗަށް 50،000 ރުފިޔާގެ މަގުން 6 ލައްކަ ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދިރިއުޅުއްވާ ތަނުގެ ޚަރަދު ހަމަޖެއްސުމުގެ ގޮތުން މަހެއްގެ މައްޗަށް 50،000 ރުފިޔާގެ މަގުން، ރައީސް މައުމޫން، ރައީސް ނަޝީދު އަދި ރައީސް ވަހީދަށް 1.8 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކު އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި ދިނުމަށް ކުރީގެ ރައީސް މައުމޫން، ނަޝީދު އަދި ވަހީދަށް މަހެއްގެ މައްޗަށް 175،000 ރުފިޔާގެ މަގުން 6.3 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކު ބޭސް ފަރުވާކުރުމުގެ ގޮތުން ދިނުމަށް ތިން ރައީސުންނަށް 2.1 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

Advertisement

Advertisement
- ކޮމެންޓް