Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2025 | ބުދަ 06:45
ރާއްޖެޓީވީގެ ކެމެރާމަން އަނިލް މުޒާހަރާ ކަވަރު ކުރަމުން ގެންދަނިކޮށް ފުލުހުން އިކުއިޕްމަންޓަށް ގެއްލުންދީ ހުރަސް އަޅާ ރައްޔިތުންގެ މަޖިލިސް ކުރާގެ ކައިރިން ގަދަކަމުން ދުރަށް ޖައްސަނީ
ރާއްޖެޓީވީގެ ކެމެރާމަން އަނިލް މުޒާހަރާ ކަވަރު ކުރަމުން ގެންދަނިކޮށް ފުލުހުން އިކުއިޕްމަންޓަށް ގެއްލުންދީ ހުރަސް އަޅާ ރައްޔިތުންގެ މަޖިލިސް ކުރާގެ ކައިރިން ގަދަކަމުން ދުރަށް ޖައްސަނީ
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލު ބިލު
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
ގެއްލިގެން ދަނީ އެތައް ވޭނަކާއި، ދަތިކަމަކާއި އަދި އެކަނިވެރިކަމެއްގެ ތެރެއިން ލިބުނު މިނިވަން ކަމެއް
މީޑިއާ ބިލުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކުރެވިގެން ދާނެ
އަޅުގަނޑުމެން މިކަމާ ދެކޮޅަށް ތެދުވާން ޖެހޭ

މީޑިއާ ކޮންޓްރޯލު ބިލު ފާސް ކުރުމާ ގުޅިގެން "މިއީ ދިވެހިރާއްޖެއަށް ވަރަށް ހިތާމަވެރި ދުވަހެއް،" ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން ބޭއްވި ޖަލްސާ އެއްގައި އަންގާރަ ދުވަހު ރައީސް މުއިއްޒުގެ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލު ބިލު ފާސް ކުރުމާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ބިލުން، އަޅުގަނޑުމެންނަށް އެތައް ވޭނަކާއި، ދަތިކަމަކާއި އަދި އެކަނިވެރިކަމެއްގެ ތެރެއިން ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެން،" ދާ ކަމުގައެވެ.

"އަޅުގަނޑުމެން މިކަމާ ދެކޮޅަށް ތެދުވާން ޖެހޭ،" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަވަސް އަރުވާލައިގެން، އެކަށީގެންވާ މަޝްވަރާ އަށް ފުރުސަތު ނުދީ މި ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަމާ ބެހޭ ފަރާތްތަކުން ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒު ކޮށް ގެންދަނީ ފާޑު ކިޔަމުންނެވެ.

- ކޮމެންޓް