ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ މުޒާހަރާތަކާއި އެ މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ރިޕޯޓުތައް ވަރަށް ގާތުން ބަލަމުން ދާކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޝާލީ ބޮޗްވޭ ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާލީ ވިދާޅުވީ، ސިޔާސީ ހިޔާލު ތަފާތުވުންތައް ހައްލުކުރުމަށާއި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާކޮށް އިހްތިރާމާއެކު މަޝްވަރާކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ގޮވައިލާ ކަމަށެވެ. މިގޮތުން، އިދިކޮޅު ފަރާތްތަކަށާއި ހުރިހާ ސިޔާސީ ޖަމާޢަތްތަކަށްވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި މުޒާހަރާތައް ކުރުމުގެ ހައްޤު ލިބިގެންވާކަމަށް ޝާލީ ވިދާޅުވި އެވެ.
I am closely following reports of recent protests and arrests in Maldives.
— Shirley Botchwey (@SGCommonwealth) October 4, 2025
I call on all parties to exercise restraint and to engage in respectful dialogue to settle political differences and deepen the democracy of the Maldives. In this regard, I welcome the Government’s…
އޭގެ އިތުރުން ރާއްޖޭގެ ގަނޫނުތަކާ އެއްގޮތަށް ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުރިހަމައަށް ދޭނެ ކަމަށް ބުނެ ދިވެހި ސަރުކާރުން ބަޔާނެއް ނެރެފައި ވާތީ އެކަމަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އެކްސްގައި ޝާލީ ކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން ލިޔުއްވާފައި ވަނީ ގާނޫނުގެ ރޫހަށް ހުރިހާ ފަރާތްތަކުން ވެސް އިހުތިރާމު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޑިމޮކްރަސީގެ އަސާސްތަކަށް އިހްތިރާމްކުރުމާއެކު، ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އިސްކަންދިނުމަށް ވެސް އެކަމަނާ ވަނީ ގޮވައިލާފައިވެއެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ބޮޑު އެއްވުން "ލޫޓޫވައިފި، ލޫޓޫވައިފި."ގެ ތެރެއިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ ޢައިރު ޤާނޫނީކޮށް ކަމަށާއި، ވަކީލުންނާއި ބައްދަލުކުރަން ވެސް ފުރުސަތު ނުލިބޭ ބައެއް މީހުން އެބަތިބި ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.