Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 18:13
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެއްވެ އުޅުމުގެ މިނިވަންކަން
"އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ، ރައީސް އޮފީހާއި ކޯޓާއި މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ "
ޕީއެންސީ މަޖިލިސް މެންބަރުން މިވަނީ ރައީސް މުއިއްޒުގެ ވައުދާ ޚިލާފުވެ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން ހުށަހެޅި ބިލު ބޭރު ކޮށްލާފަ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ޕީއެންސީގެ 48 މެންބަރުން ވޯޓު ދެއްވީ ނުފެންނަ ކަމަށް
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް

ރައްޔިތުން ބޭނުންވާ ކަންކަމުގައި ޚިޔާލު ފާޅުކުރުމަށް އެއްވާން ނޯޓިސް ދޭން ޖެހޭ ހާލަތެއް އޮވެގެން ނުވާނެ ކަމަށާއި ރައީސް އޮފީހާއި، ކޯޓާއި، މަޖިލިސް ކައިރި އަށް ވެސް އެއްވެވެން ޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ޕީއެންސީ މަޖިލިސް މެންބަރުން މިވަނީ އެ ވައުދުފުޅާ ޚިލާފުވެ، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން ހުށަހެޅި ބިލު ބޭރު ކޮށްލާފަ އެވެ.

އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ބޭރުކޮށްލީ ހޯމަ ދުވަހު އެވެ. އެއްވެ އުޅުމާއި ބެހޭ ޤާނޫނު އުވާ ނުލީ ކޮން މަގްސަދެއް އޮވެގެންތޯ އަލީ ހުސައިން ވަނީ ސުވާލު އުފައްދަވާފަ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެއްވެ އުޅުމާއި ބެހޭ ޤާނޫނަކީ ފެށުނީއްސުރެ ޤާނޫނުއަސާސީ އާއި ޚިލާފު ޤާނޫނެއް ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ، އޭނާ ވިދާޅުވީ އެއީ އުފެދުނު އިރު ވެސް ޤާނޫނުގެ ތަރަހައިގެ ބޭރުން އެކުލަވާލާފައި އޮތް އެއްޗެއް ކަމަށެވެ.

" ކުރިން ނޯޓިސް ނުދީ އެއް ވެވެން ވާނެ. ވަކި ތަންތަން ކަނޑައެޅިދާނެ. އެހެނޭ ކިޔާފަ މުޅި މާލެ އަށް އެއް ނުވެވޭހެން ނުހެދޭނެ. ފުލުހުންނާއި ސިފައިން ގެ ތަންތަން ނޫން ތަނެއް އެއްނުވެވޭ ތަނަކަށް ވެގެން ނުވާނެ. އެއީ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަން. އެ ނޫނީ އެހެން ތަންތަނަށް އެއްވެވެން ޖެހޭނެ. ރައީސް އޮފީސް، ކޯޓު މަޖިލީސް ކައިރިއަށް ވެސް އެއްވެވެން ޖެހޭނެ ، ރައީސް އަކީ ވެސް ގައުމުގެ މިލްކުވެރިޔާ އެއް ނޫން. ރައީސް އޮފީސް ކައިރިއަށް އެއް ވެވެން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލުމަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އެވެ.

މީކާއިލް މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ގެ 32 ވަނަ މާއްދާގައި ދައުލަތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި ވީ ނަަމަވެސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން އެ މިނިވަން ކަމަށް ހުރަސް އެޅޭތީ ކަމަށެވެ.

- ކޮމެންޓް