Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 21:30
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް
ރާއްޖެއެމްވީ
ޒުވާނުންގެ ދުވަހުގެ ޖަލްސާ
ހދ. އަތޮޅުގައި ޒުވާނުންނަށްހުރި ވަޒީފާގެ ފުރުސަތުތައް މަދު: މޭޔަރ އާތިފް
ކުޅުދުއްފުށީފައި ވަޒީފާ ބޭނުންވެފައި އެތައް ޒުވާނުންނެއް އެބަތިބި
ކުޅުދުއްފުށީގައި ގެދޮރުވެރިކަމަށް ބޭނުންވެފައި 1200 އާއިލާ އެބަތިބި

ހދ. އަތޮޅުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް މަދުކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިފަދައިން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އާތިފް ވިދާޅުވީ ގައުމު ބިނާކުރުމުގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެގައުމެއްގައި އުޅޭ ޒުވާނުން ކަމަށެވެ. މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައިވެސް ޒުވާނުން ބިނާކުރުވުމަށާއި، ޒުވާނުން ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާކަމަށް އާތިފް ވިދާޅުވިއެވެ. އެގޮތުން ތަފާތު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދޭ ކަމަށާއި، އެއީ އެ ސިޓީންވެސް ވަރަށް ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ޒުވާނުން ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުގެ ޚާއްސަ ސިޔާސަތަކަށް ވީނަމަވެސް ހދ. އަތޮޅުގައި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތައް މަދު ކަމަށެވެ. ކުޅުދުއްފުށީގެ ގިނަ ޒުވާނުން ތިބީ އެ ސަރަހައްދުން ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގައި ކަމަށް އާތިފް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރުން އެ ސަރަހައްދުގައި ހުރި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާކަމަށް އާތިފް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަކީވެސް އެރަށުގެ ޒުވާނުން ހައްލު ބޭނުންވާ ބޮޑު މައްސަލައެއް ކަމަށް އާތިފް ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށީގައި މިވަގުތުވެސް 1،200 އާއިލާއިން ބޯހިޔާވަހިކަމަށް ބޭނުންވެފައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ގެދޮރު އަޅާނެ ބިމެއް ނުވަތަ ފްލެޓެއްވެސް ނެތް އާއިލާތައް ކަމަށް އާތިފް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް އާތިފް ވަނީ ވިދާޅުވެފައެވެ.

އަދި ބިންހުރި އެހެންނަމަވެސް ގެދޮރު އިމާރާތްކުރެވޭނެ ގޮތެއް ނެތިގައި ގިނަ ބަޔަކު އެބަ ތިބި ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ގެދޮރުވެރިޔާ ލޯނުގެ ތެރެއިން މިކަމަށް އަންނަނީ ހައްލު ލިބެމުން ކަމަށް އާތިފް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުޅުދުއްފުއްޓަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި, ހޮނިހިރު ދުވަހުގެ ހަވީރު އެމަނިކުފާނު ވަނީ ކުޅުދުއްފުށި ސިޓީގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް