Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 18:36
ކުޅުދުއްފުށި ސިޓީގެ ރޯހައުސްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރ އާތިފް
ކުޅުދުއްފުށި ސިޓީގެ ރޯހައުސްތައް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރ އާތިފް
ޕްލޭނިން މިނިސްޓްރީ
ކުޅުދުއްފުށީގެ ތަރައްގީ މަޑުޖެހިފައި
މިދިޔަ ސަރުކާރުން ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މި ސަރުކާރަށް ވީހާ ދުވަސް ވެއްޖެ - ކުޅުދުއްފުށި ސިޓީ މޭޔަރު އާތިފް
ގިނަ ޕްރޮޖެކްޓްތައް ހުރީ ފަށާފައި އެކަށީގެންވާ ސްޕީޑެއްގައި ނުވަތަ އެއްކޮށް މަސައްކަތް ހުއްޓިފައި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގައި ފެށި 400 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވީހާ ދުވަސް ވެއްޖެ ކަމަށް ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން، ހާއްސަކޮށް ސަރުކާރުގެ މަޝްރޫއެއްގެ ގޮތުގައި މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ވަމުންދާ ގޮތާއިމެދު ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ވަކިން ހާއްސަކޮށް ގިނަ ޕްރޮޖެކްޓްތައް ފަށާފައި އެކަށީގެންވާ ސްޕީޑެއްގައި ނުވަތަ އެއްކޮށް މަސައްކަތް ހުއްޓިފައި ހުރި ގިނަ ޕްރޮޖެކްޓްތައް އެބަހުރި ކަމަށެވެ.

ފާހަގަކޮށްލާނަން އަޅުގަނޑުމެންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުން އެއީ ކުޅުދުއްފުށީގެ ގެދޮރުވެރިކަމުގެ މައްސަލަ. މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރީ ސަރުކާރުން ކުޅުދުއްފުށީގައި ފަށާފައި އޮތް 400 ހައުސިންގ ޔުނިޓުގެ މަސައްކަތް އެއްކޮށް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް މިހާރު މި ސަރުކާރަށް ވީހާ ދުވަސްވެއްޖެ. އެއާއެކު ފާހަގަކޮށްލަން ބޭނުން ސްކޫލްތަކުގެ ޕްރޮޖެކްޓް ވަނީ ހުއްޓިފައި. 3 ސްކޫލުގެ އިންފްރާސްޓްރަކްޗަރގެ މަސައްކަތް ފެށުނު އެހެންނަމަވެސް މިހާރު ހުރީ ހުއްޓިފައި. މީގެ އިތުރުން އިންޖީނުގޭގައި އެކަށީގެންވާ ކެޕޭސިޓީ ނެތުމުގެ ސަބަބުން ކުރީ ސަރުކާރުން ފެށި މަސައްކަތް ވެސް ވަނީ ސަރުކާރު ބަދަލުވުމާއެކީގައި ވަނީ ހުއްޓިފައި.
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް

ކުޅުދުއްފުށީ ކަރަންޓުގެ މައްސަލަ މޭޔަރު ފާހަގަކުރެއްވި އިރު، އެ ސިޓީގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށް އަލަށް އަޅަން ފެށި ޕަވަރ ހައުސްގެ މަސައްކަތް މި ސަރުކާރުން ވަނީ ހުއްޓާލާފައެވެ.

އެ މަސައްކަތް ހުއްޓާލި އިރު ކުޅުދުއްފުށީ އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ރަނގަޅަށް ކޮށްފިނަމަ 3 މަސް ދުވަސްތެރޭގައި އެތަން އޮޕަރޭޝަނަށް ގެނެވޭނެއެވެ. އަދި އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކުޅުދުއްފުއްޓަށް ގެންގޮސް ހިޔާ ކުރަން ފެށިފައިވާ އިރު ސައުންޑް ޕްރޫފް ކުރަން ބޭނުންވާ ސާމާނާއިޗިމްނީވެސް އެތަނުގައި އެބަހުއްޓެވެ.

ސަރުކާރު ބަދަލުވި އިރު މަސައްކަތް ކުރިއަށްދިޔަ ގޮތަށް އެތަނުގެ މަސައްކަތް ހުއްޓާނުލިނަމަ އައު އިންޖީނުގެއިން ހިދުމަތް މިހާރު ލިބޭނެކަމަށް ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް