ކ. މާލެ
|
8 އޮކްޓޯބަރ 2021 | ހުކުރު 15:30
ގއ.ވިލިނގިލީގެ ރޯހައުސްއެއް،
ގއ.ވިލިނގިލީގެ ރޯހައުސްއެއް،
ރާއްޖެއެމްވީ
ވިލިނގިލީގެ ރޯހައުސްތަކުގެ މައްސަލަ
ކޯޓު އަމުރަކާ ގުޅިގެން ވިލިނގިލިން ދޫނުކުރެވި ހުރި ރޯހައުސްތަކަށް ބޮޑެތި ގެއްލުންތަކެއް!
މާރާމާތަށް ވަރަށް ބޮޑު އެއްޗެއް ހޭދަވާނެ
ދެން އޮތީ އެންމެ ފަހުގެ އަޑު އެހުން
ވަރަށް އަވަހަށް ހައްގުވެރިންނަށް ރޯހައުސްތައް ދޫކުރެވޭނެ ކަމަށް ބެލެވޭ

ކޯޓު އަމުރަކާ ގުޅިގެން ގއ.ވިލިނގިލިން ދޫނުކުރެވި ހުރި ރޯހައުސްތަކަކަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެއެވެ.

ރާއްޖެއެމްވީއަށް ކައުންސިލްގެ ރައީސް މުހައްމަދު ވިޝާލް ވިދާޅުވީ މައްސަލައަކާ ގުޅިގެން 12 ވަރަކަށް ރޯހައުސް ދޫނުކުރެވި، މައްސަލަ ކޯޓުގައި އެބަ އޮތް ކަމަށެވެ. އަދި މިހާރު އޮތީ އެންމެ ފަހުގެ އަޑު އެހުން ކަމަށާއި، އެ އަޑު އެހުން ނިމުނުހާ އަވަހަށް ރޯހައުސްތައް ހައްގުވެރިންނަށް ދޫކޮށްލާނެ ކަމަށް ވިޝާލް ވިދާޅުވިއެވެ.

ރޯހައުސްތަކަށް ގެއްލުންވެފައިވާކަން ފާހަގަކުރައްވައި ވިޝާލް ވިދާޅުވީ މިހާރު އެ ރޯހައުސްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ އަތުން މަރާމާތަށް ވަރަށް ބޮޑު އެއްޗެއް ހޭދަވާނެ ކަމަށެވެ. އަދި އެންމެ މަދުވެގެން ވެސް 15000 ރުފިޔާ ހޭދަކުރަންޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ ރައްޔިތެއް ބުނީ ރޯހައުސްތައް ހުރީ ވީރާނާވާން ދޫކޮށްލާފައި ކަމަށާއި، އިމާރާތްތަކަށް ބައެއް ގެއްލުންތައް ވެސް ދީފައިވާ ކަމަށެވެ. އަދި ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތު ވެސް އޭނާ ކޮށްފައިވެއެވެ. މި މައްސަލައަށް އިޝާރާތް ކުރައްވައި ވިޝާލް ވިދާޅުވީ މީހުން ނުވަދެ، އެތަން ހުސްކޮށް ހުރުމުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފާއިތުވެދިޔަ ކައުންސިލުން ރޯހައުސްއަށް ޝަރުތުހަމާ ބައެއް މީހުން ލިސްޓުން އުނިކޮށްފައިވެއެވެ. އަދި ޝަރުތު ހަމަނުވާ ބަޔަކަށް ރޯހައުސްދޫކޮށްލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. މިހާރު ގާތްގަނޑަކަށް މި މައްސަލައަށް 5 މަސް ވެދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް