ކ. މާލެ
|
21 ސެޕްޓެންބަރ 2021 | އަންގާރަ 13:48
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން
ރޮއިޓަރސް
ޖޯންސަން ވެކްސިން
އިންޑިއާގައި އުފައްދާ ޖޯންސަން ވެކްސިން އަންނަ މަހު ބޭނުންކުރަން ފަށާނެ
 
ޖޯންސަން ވެކްސިން ބޭނުން ކުރުމަށް އެމަރޖެންސީ ހުއްދަ ވަނީ ދީފައި

އިންޑިއާގައި އުފައްދަން މަސައްކަތް ކުރާ ޖޯންސަން ވެކްސިން އަންނަ މަހުން ފެށިގެން ލިބޭނެ ކަމަށް ބުނެފިއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓަރސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން އިންޑިއާގައި އުފައްދައި، ބާޒާރަށް ނެރޭ އިރު، ޖުމްލަ 43.5 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދޭނެކަމަށް ވަނީ ބުނެފައެވެ. އަދި މަހެއްގެ މައްޗަށް 300 މިލިއަން ޑޯޒް އުފެއްދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ގައުމެވެ. އިންޑިއާއިން އަންނަ މަހުގެ ޖޯންސަންގެ ވެކްސިން އުފައްދައި، ބާޒާރަށް ނެރެން މަސައްކަތް ފަށާފައިވާ އިރު، އެގައުމަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމުން ގައުމުން ބޭރަށް ވެކްސިން ފޮނުވުމުގެ މަސައްކަތް ފަށާނެކަމަށް ވަނީ ބުނެފައެވެ. އެގައުުމުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ވެކްސިން އެކްސްޕޯޓްކުރުން ހުއްޓާލާފައިވަނީ މިދިޔަ އެޕްރީލް މަހުން ފެށިގެންނެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ޖޯންސަން ވެކްސިން ބޭނުންކުރުމަށް އެމަރޖެންސީ ހުއްދަ ދީފައެވެ. އެއީ އިމްޕޯޓް ކުރާ ޖޯންސަން އަދި އެގައުމުގެ ބައިލޮޖިކަލް އީ ކުންފުނިން އުފައްދާ ވެކްސިނަށެވެ. ނަމަވެސް މިހާތަނަށް އައި އިރު، އިންޑިއާ ސަރުކާރުން ޖޯންސަން އެންޑް ޖޯންސަންއާއެކު ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެއެވެ.

އިންޑިއާގައި އުފައްދާ ޖޯންސަން ވެކްސިނަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އުފައްދަނީ 5 އެމްއެލްގެ ވެއިލްތައް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިނަކީ ސިންގަލް ޑޯޒް ވެކްސިނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް