ކ. މާލެ
|
9 އޯގަސްޓް 2021 | ހޯމަ 16:01
ސްޓެލްކޯއާއި ކުޑަކުދިން ބަގީޗާއި ދެމެދު އޮންނަ މަގު ހުޅުވާލަން ސިޓީކައުންސިލުން ވަނީ އަންގާފައި
ސްޓެލްކޯއާއި ކުޑަކުދިން ބަގީޗާއި ދެމެދު އޮންނަ މަގު ހުޅުވާލަން ސިޓީކައުންސިލުން ވަނީ އަންގާފައި
ރާއްޖެއެމްވީ
ބަންދުކޮށްފައިވާ މަގުތައް ހުޅުވާލުން
ކުޑަކުދިންގެ ބަގީޗާގެ ފަހަތުގައި އޮންނަ މަގާއި އެމްޑަބްލިޔުއެސްސީގެ ފަހަތުގައި އޮންނަ މަގު ހުޅުވާލަން އަންގައިފި
 
ރައްޔިތުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ މަގުތަށް ޢާއްމުންނަށް ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން

މާލޭގެ އެކި ސަރަޙައްދުތަކުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީގެ) ގެ ފަރާތުން މަގުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެކަމުގެ ތަކްލީފްތައް ޢާއްމުންނަށް ލިބެމުންދާތީ އެ ދެ ކުންފުނިން ބަންދުކޮށްފައިވާ 2 މަގެއް ހުޅުވުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ އާންމުންގެ ޝަކުވާއާ ގުޅިގެން އެކަންކަމަށް ރިޢާޔަތްކޮށް މާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ މަގުތައް ޢާއްމުންނަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއަށް އަންގާފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މިކަން އެންގީ އެ ދެ ކުންފުންޏަށް ސިޓީ ކައުންސިލުން މި މަހުގެ 8 ވަނަދުވަހު ފޮނުވި ސިޓީއެއްގައެވެ. މި ސިޓީގައި ފާހަގަކޮށްފައިވަނީ ސްޓެލްކޯގެ ފަރާތުން ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ކޮއްޓާ ދޭތެރޭގައި އޮންނަ ކަށިމާ ހިނގުމާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން، ސްޓެލްކޯގެ ފަރާތުން ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައިވާކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގެ ގެ ފަރާތުން އެމްޑަބްލިޔުއެސްސީގެ ކޮއްޓާއި އާ ސަހަރާ ކޮއްޓާ ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު ބަންދުކޮށްފައިވާކަމަށެވެ.

ސިޓީ އާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިޒާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވާލުމާއި ބަންދުކުރުމަކީ ލާމަރުކަޒީ ޤާނޫނުން ސިޓީކައުންސިލަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެހެންކަމުން ރައްޔިތުންގެ ޝާކުވާތައް އަޑުއަހައި ދެކުންފުންޏަށް އެކަންކަން ރަނގަޅުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
6%
59%
0%
12%
18%
6%
ކޮމެންޓް