ކ. މާލެ
|
31 ޖުލައި 2021 | ހޮނިހިރު 02:21
ހއ. ތަކަންދޫ
ހއ. ތަކަންދޫ
ތަކަންދޫ މޮނިޓަރިންއަށް
ހއ. ތަކަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި
 
އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައި
 
ތަކަންދޫއިން ކޮވިޑް-19 ގެ ކޭސްއެއް ވަނީ ފެނިފައި

ހއ. ތަކަންދޫއިން ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް ފެނި، އެރަށް މޮނިޓަރިންްގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލީގެ އަލާމަތްތައް ފެނިގެން ތަކަންދޫއިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު އެމީހާގެ ކޮންޓެކްޓުން ދެނެގަނެ، އެ ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ދެނެގަތުމަށް އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާލަތުގައި ހުއްދައާއި ނުލާ އެރަށަށް އަރައި ފޭބުން މަނާވާނެއެވެ.

އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ތަކަންދޫގެ އިތުރުން އެއަތޮޅު ދިއްދޫ ވެސް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މިމަހުގެ 21 ވަނަ ދުވަހު ދިއްދޫ މޮނިޓަރިންގެ ހާލަތުން ނެގުމަށްފަހު މިމަހުގެ 25 ވަނަ ދުވަހު އެރަށް އަނެއްކާވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެންނެވެ.

މިއާއެކު މިވަގުތު 11 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
100%
0%
0%
0%
ކޮމެންޓް