ހއ. ތަކަންދޫ
|
24 ނޮވެންބަރ 2021 | ބުދަ 15:25
ހއ. ތަކަންދޫ
ހއ. ތަކަންދޫ
ސޯޝަލް މީޑިއާ
ތަކަންދޫއިން ގޯއްޗަށް އެދުމުގެ ފުރުސަތު
ތަކަންދޫއިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
 
ދޫކުރުމަށް ހަމަޖެހިފައިވަނީ 24 ގެވަޅު
 
ފޯރމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޑިސެމްބަރު

ހއ. ތަކަންދޫއިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތަކަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ދޫކުރުމަށް ހަމަޖެހިފައިވަނީ 3000(ތިންހާސް) އަކަފޫޓުގެ 24 ގެވަޅެވެ. އަދި މި ފަހަރު ގޯތި ދޫކުރާނީ ސަރުކާރުން އެކުލަވާލައި އާންމުކުރައްވާފައިވާ، "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު"އާއި، 17 ނޮވެމްބާރ 2021ގައި ތަކަންދޫ ކައުންސިލުން ފާސްކޮށްފައިވާ، ތަކަންދޫއިން ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ކަމަށެވެ. މިގޮތުގެ މަތީން ގޯތި ދޫކުރާނީ ގޯތި ލިބުމުގެ ޝަރުޠުތަށް ހަމަވާ މީހުންގެ ތެރެއިން އެންމެ މަތީން ޕޮއިންޓްލިބޭ 24 ފަރާތަކަށް ކަމަށްވެސް ތަކަންދޫ ކައުންސިލުން ހާމަކުރެއެވެ.

ތަކަންދޫއިން ދިރިއުޅުމަށް ގޯތި ބޭނުންވާ ފަރާތްތަކަށް "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯރމް" ތަކަންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ކަމަށް ތަކަންދޫ ކައުންސިލުން ހާމަކުރެއެވެ. އެގޮތުން ފޯރމް ފުރިހަމަކުރުމަށްފަހު 30 ޑިސެމްބަރ 2021ގެ ކުރީން ތަކަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި ފޯރމް ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00އިން 12:00އަށް ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ތަކަންދޫ ކައުންސިލުންވަނީ ފުރިހަމަނުކޮށް އެއިދާރާއަށް ހުށަހަޅާ ފޯރމްތަށް ބަލައިނުންނާނެކަމަށްވެސް ހާމަކޮށްފައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް