ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 20:27
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
ޑަބްލިއުޑީސީ ބައި އިލެކްޝަން
ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި
 
ބައި-އިލެކްޝަންގައި ދެ ކެނޑިޑޭޓަކު ވާދަކޮށްފައިވޭ
 
މި އިންތިޚާބު ބާއްވާފައިވަނީ ހޮނިހިރު ދުވަހު

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

މި އިންތިޚާބު ބާއްވާފައިވަނީ ހޮނިހިރު ދުވަހުއެވެ.

ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގައި ދެ ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ އަމިއްލަ ގޮތުން ވާދަ ކުރި ކެނޑިޑޭޓެއްކަމަށްވާ ފަހީމާ މުޙައްމަދުއާއި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީީޕީ) ގެ ކެނޑިޑޭޓު ފާތިމަތު ޝައުފާއެވެ.

އޭގެ ތެރެއިން ފަހީމާ މުޙައްމަދުއަށް ލިބިފައިވަނީ 203 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓު ފާތިމަތު ޝައުފާއަށް 237 ވޯޓު ލިބިފައިވެއެވެ.

މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު 675 މީހަކަށް ލިބިގެންވާއިރު، ޖުމުލަ 448 މީހުން ވޯޓު ލާފައިވެއެވެ. އޭގެ ތެރެއިން ސައްޙަ ވޯޓުގެ އަދަދަކީ 440 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް